Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

11 އައިސްޕްލާންޓެއްގެ މަސައްކަތް މިފްކޯއާއި ހަވާލުކޮށްފި

11 އައިސްޕްލާންޓެއްގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތައިލުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެތައް މަސައްކަތެއް ކުރަމުންދެއެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 11 ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އައިސް ޕާލާންޓް ގާއިމްކުރާ 11 ރަށް

  • ހއ. ދިއްދޫ
  • ހއ. އިހަވަންދޫ
  • ށ. ފުނަދޫ
  • ހދ. ކުޅުދުއްފުށި
  • ށ. ކޮމަންޑޫ
  • ޅ. ނައިފަރު
  • އއ. ރަސްދޫ
  • މ. ވޭވަށް
  • ދ. މީދޫ
  • ދ. ބަނޑިދޫ
  • ގދ. ރަތަފަންދޫ

ރާއްޖޭގެ މަސްވެރިންގެ ޒަމާންވީ ޝަކުވާއެއް ކަމަށްވާ އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އައިސް ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަޅާފައިވާ 25 އައިސްޕްލާންޓުގެ އިތުރުން 11 އައިސް ޕްލާންޓުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އެ މަސައްކަތްތައް މިހާރު އެވަނީ ޓެންޑަރިން މަރުހަލާގައި
ވަޒީރު ޝިޔާމް

އައިސް ހޮދުމަށް ދުރު ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ 11 އައިސްޕްލާންޓުގެ ތެރެއިން 5 އައިސް ޕްލާންޓަކަށް ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ފަންޑު ހަމަޖެހިފައިވާއިރު ބާކީ ހުރި އައިސް ޕްލާންޓުތަކަށް ހަރަދުކުރަނީ ސަރުކާރުންނެވެ.

މި ލިއުމާއި ގުޅޭ