Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި 36 އަހަރުގެ އަންހެނަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ އއ. މާޅޮސް، ހިތްފަސޭހަގެ ފާތިމަތު ޔުސްރާ (A124521) އެވެ. ފުލުހުންގެ އިއުލާނުގައި ވާގޮތުގައި މި އަންހެންމީހާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވުމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

އޭގެ އިތުރުން ފުލުހުންގެ އިއުލާނުގައިވާގޮތުގައި މި އަންހެން މީހާ ހޯދަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. މި އަންހެންމީހާ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 3 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައިވެއެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރަން 36 އަހަރުގެ ފިރިހެނެއް ހޯދުމަށް ދާދިފަހުން ފުލުހުން އިއުލާނުކޮށްފައިވެއެވެ. މިމީހާ ހާޒިރުވުމަށް އަންގާފައިވަނީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 30 ވަނަ ދުވަހުގެ 14:00 އަށެވެ.

މި ލިއުމާއި ގުޅޭ