Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކުރާނީ ދިވެހިން: ކައުންސިލް

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުކުރާނީ ދިވެހިންކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިފަދައިން ބުނެފައިވަނީ، އެ ކައުންސިލުން މިއަދު އެކްސް އަށް ކުރި ޕޯސްޓެއްގައެވެ.

ކައުންސިލުން ބުނެފައިވަނީ، މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތުގައި މިއަދުން ފެށިގެން ބިދޭސީން ހަރަކާތްތެރި ނުވާނެކަމަށާއި، އެ މަސައްކަތުގައި އުޅޭނީ ދިވެހީންކަމަށެވެ.

އެގޮތުން ޖުމްލަ 34 މިސްކިތެއް ފޮޅާ ސާފުކުރުމަށް ދިވެހިން ހަރަކާތްތެރިވާނެކަމަށް ކައުންސިލުން މިއަދު ބުނެފައިވެއެވެ. އެއީ، ހުޅުމާލޭގެ 10 މިސްކިތާއި، މާލޭގެ 22 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 2 މިސްކިތެވެ.

އެ މަސައްކަތަށް ބޭނުންވާ ދިވެހިން ހޯދުމަށް އެ ކައުންސިލުން 114 ފަރާތެއް ހޯދުމަށް ހުޅުވައިލި ފުރުސަތުގައި 200 އަށްވުރެ ގިނަ ދިވެހިން ކުރިމަތިލާފައިވާކަމަށާއި އެމީހުނަށް އުޖޫރައެއްގެ ގޮތުގައި 12،000 ރުފިޔާ ދޭނެކަމަށް އެ ކައުންސިލުން މައުލޫމާތުދީފައިވެއެވެ.

މި ލިއުމާއި ގުޅޭ