Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ "ހަރުގެ" ޕީއެންސީއަށް

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ "ހަރުގެ" ޕީއެންސީން ކުއްޔަން ނަގައިފިއެވެ.

ޝަފީއާ ޒުބައިރުގެ އިމާރާތެއްކަމަށްވާ ހ. ވެޔޮވިލާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން ކުއްޔަށް ނަގައިފިއެވެ.

ޕާޓީ ހަރުގެއެއްގެ ގޮތުގައި މި ބިން އެންމެ ފުރަތަމަ ބޭނުންކުރަމުން އައީ އެމްޑީޕީއިންނެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭ ކޯޅުންތަކުގެ ސަބަބުން ޕާޓީ ބައިބައިވި ހިސާބުން، އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރި ހ. ވެޔޮވިލާ ބަދަލުވީ ޑިމޮކްރެޓްސްގެ "ހައުސް އޮފް ޑިމޮކްރެޓްސް" އަށެވެ.

އެންމެ ފަހުން ޑިމޮކްރެޓްސްގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރަމުންދިޔަ ހ. ވެޔޮވިލާ ހުސްކޮށްފައިވަނީ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ޝަފިއްޔާ މީޑިއާތަކަށް ބުނެފައިވާގޮތުން އެ ބިމަކީ މީގެ ކުރިން ވިޔަފާރިވެރިޔަކަށް ކުއްޔަން ދިން ބިމެކެވެ. އަދި އެ ވިޔަފާރިވެރިޔާއާއި ޝަފިއްޔާއާ ދޭތެރޭ ވެވުނު އެއްބަސްވުމާއި އެއްގޮތަށް އެ ވިޔަފާއިވެރިޔާ އެ ބިން އެހެން ފަރާތަކަށް ވިޔަފާރީގެ އުސޫލުން ދޫކުރުމުން މުއާމަލާތުގެ ތެރެޔަށް ވަން 3 ވަނަ ފަރާތުން އެ ބިމުގައި ޑިމޮކްރެޓްސްގެ ހަރުގެ އެޅީކަމަށް ޝަފިއްޔާ ވިދާޅުވެފައިވެއެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރައްވައި ސޯޝަލް މީޑިޔާ ޕޯސްޓްތައްވެސް ކުރައްވާ ޝަފިއްޔާވަނީ، އެ ބިން ޕީއެންސީއަށް ކުއްޔަށް ދޫކޮށްފައެވެ. އެހެންކަމުން އެ ބިމާއި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއިން ހަވާލުވެ އެތަނަށް ބަދަލުގެންނަން ފަށާފައިވެއެވެ.

މި ލިއުމާއި ގުޅޭ