Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތުއްތު ކުދިންތަކެއް މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތް ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ދަގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދިއްލީގެ ވިވެކް ވިހާރު ސަރަހައްދުގައި ހުންނަ ބޭބީ ކެއާ ހޮސްޕިޓަލުގައި އަލިފާން ރޯވެފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފަޔާ އޮފިސަރު އަތުލް ގަރްގް މިއަދު ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް އަލަށް އުފަންވި 12 ކުއްޖަކު އެހެން ފެސިލިޓީއަކަށް ގެންދިޔަ ނަމަވެސް އޭގެ ތެރެއިން ފަސް ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އެ ކުދިން މަރުވެފައި ވަނީ ދުމުގެ އަސަރުކޮށްގެން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އިތުރު ފަސް ކުއްޖަކު ސަލާމަތްވިއިރު، ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓީވީ ފުޓޭޖްތަކުން ފެންނަނީ އަލިފާން ނިއްވާ މީހުން ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން ގަނޑު ނިއްވާލަން މަސައްކަތް ކުރަމުންދާ ތަނެވެ.

އެހެން ފަޔަރ އޮފިސަރެއް ކަމަށްވާ ސުރޭޝް ކުމާރު ވިދާޅުވިގޮތުގައި، އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާެލެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"12 ތުއްތު ކުދިން ވެސް ހޮސްޕިޓަލުން ސަލާމަތްކުރީ އެހެން މީހުންގެ އެހީގައި،". ފުލުހުންގެ އޮފިސަރު ސުރެންދުރަ ޗައުދަރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އެ ކުދިން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ގިނަ ތުއްތު ކުދިންތަކެއް މަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގުމާއެކު ކުޑަކުދިންގެ ހޮސްޕިޓަލުގެ ވެރިފަރާތް ފިލާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ޗައުދަރީ ވިދާޅުވީ އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އޭނާ އަދި ވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.

ދަގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި ތުއްތު ކުދިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިއު ދިއްލީގެ ޖީޓީބީ ހޮސްޕިޓަލަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ