Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށްދީފި

ދެކޮރެއާ ގުޅޭ ހުޅަނގު ފަރާތުގެ ކަނޑުގެ ސަރަހައްދުގައި ދެކުނު ކޮރެއާއިން ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ ދެކުނު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އުތުރުކޮރެއާ އިން ދީފިއެވެ.
ދެކުނު ކޮރެއާ، ޗައިނާ އަދި ޖަޕާނުގެ ލީޑަރުން ޓްރައިލެޓަރަލް ޑައިލޮގްއަކަށް ސޯލްގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތާ އެއް ދުވަސް ކުރިން އާ އިންޒާރެއް ދީފައިވާ ކަމަށް ސޯލްގެ ޔޮންހަޕް ނިއުސް އިން ބުނެއެވެ.
އުތުރު ކޮރެއާގެ އަސްކަރިއްޔާގެ އެންމެ މަތީ ލީޑަޝިޕުން އެގައުމުގެ އަސްކަރިއްޔާއަށް އަންގާފައިވަނީ އެގައުމުގެ އިސްތިގުލާލަށް އަރައިގަތުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ކަމަށް އެ ގައުމުގެ ރަސްމީ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެއެވެ. އަދި ވައިސް ޑިފެންސް މިނިސްޓަރު ކިމް ކަންގް-އިލްގެ ބަޔާނަކާ ހަވާލާދީ އެނޫހުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
"އަޅުގަނޑުމެންގެ ކަނޑުގެ ސިޔާދަތަށް މިގޮތަށް އަރައިގަތުމަކީ އަޅުގަނޑުމެންނަށް ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ވަގުތެއްގައި ވެސް ފެނުގެ މަތީގައި ނުވަތަ ކަނޑުއަޑީގައި އަޅުގަނޑުމެންގެ ސެލްފް ޑިފެންސިވް ބާރު ބޭނުން ކުރެވިދާނެ ކަމުގެ އިންޒާރު އަޅުގަނޑުމެން ރަސްމީކޮށް އަރުވަން،" ކިމްއާ ހަވާލާދީ ނިއުސް އެޖެންސީން ބުނެފައިވެއެވެ.
ޑި ފެކްޓޯ މެރިޓައިމް ބޯޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ޔެލޯ ސީގެ ނޮދަން ލިމިޓް ލައިން (އެންއެލްއެލް) ސަރަހައްދުގައި ނުތަނަވަސްކަން އަދިވެސް ބޮޑެވެ. އުތުރު ކޮރެއާއިން އެންއެލްއެލް ބަލައިނުގަނެއެވެ. ދެކުނުގެ ސަރަހައްދު އިތުރަށް އަލުން އެކުލަވާލުމަށް އެގައުމުން އެދެއެވެ.
އެންއެލްއެލް ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދަކީ ދެ ކޮރެއާގެ ދެމެދުގައި އުފެދިފައިވާ ފްލޭޝް ޕޮއިންޓަކަށް ވާއިރު، 1999، 2002 އަދި 2009 ވަނަ އަހަރު ވެސް ވަނީ ލޭއޮހޮރުންތަކެއް ހިނގި ކަނޑުގެ ސިފައިންގެ ތިން ކުރިމަތިލުމެއް ހިނގާފައެވެ.
2010 ވަނަ އަހަރުގެ މާޗް މަހު ޕިއޮންޔޮންއިން ވަނީ ދެކުނު ކޮރެއާގެ ހަނގުރާމަމަތީ އުޅަނދެއް ކަނޑުގެ ބޯޑަރު ކައިރީގައި ޓޯޕީޑޯކޮށް 46 ފަޅުވެރިން މަރާލާފައެވެ. އެ އަހަރުގެ ނޮވެމްބަރު މަހު އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާގެ ބޯޑަރު ރަށެއް ކަމަށްވާ ޔޮންޕިޔޮންގް އަށް ބޮން އަޅައި އާންމުންގެ ދެ މީހަކާއި ދެ ކަނޑުގެ ސިފައިން މަރާލައިފައެވެ.
މި ލިއުމާއި ގުޅޭ