Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤަޠަރު އެއާލައިން

ޤަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލަންސެއްގައި ޖެހި 12 މީހަކަށް އަނިޔާވެއްޖެ

ގަތަރުގެ ވެރިރަށް ދޯހާއިން އަޔަލެންޑްގެ ޑަބްލިންއަށް މިއަދު ދަތުރުކުރަމުންދިޔަ ގަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލެންސްގައި ޖެހި، ލޮޅުންއެރުމުގެ ސަބަބުން 12 މީހަކަށް އަނިޔާވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ބޯއިން 787-9 މަރުކާގެ އެ ބޯޓަށް ލޮޅުން އެރީ ތުރުކީ މަތިން ދަތުރުކުރަމުން ދަނިކޮށެވެ. ނަމަވެސް ބޯޓު ޖެއްސީ ދަތުރު ނިންމުމަށް ފަހު ޑަބްލިން އެއާޕޯޓުގައެވެ.

އެ ހާދިސާގައި އަނިޔާވީ ހަ ފަސިންޖަރުންނާއި ހަ ކުރޫ މެންބަރުންނަށް ކަމަށާއި އޭގެ ތެރެއިން އަށް މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޤަތަރު އެއާވޭސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބޯޓު ރައްކާތެރިކަމާއެކު ޑަބްލިންގައި ޖެއްސި ކަމަށާއި ނަމަވެސް ބައެއް ފަސިންޖަރުންނާއި ކުރޫ މެންބަރުންނަށް ކުދި އަނިޔާތަކެއް ވެފައިވާތީ ސިއްހީ ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ހިންގާނެކަމަށާއި އެ އެއާލައިނުން އެންމެ އިސްކަންދޭ ކަމަކީ އެ އެއާލައިނުގެ ފަސިންޖަރުންނާއި ކުރޫގެ ސަލާމަތާއި ރައްކާތެރިކަންކަމަށެވެ.

މި ލިއުމާއި ގުޅޭ