Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުއްލި މަރު

ބަނޑޭރިކޮށީގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ވަޅުލައިފި

މިމަހުގެ 13 ވަނަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު ގދ. ހޯނޑެއްދޫ ވިލިނގިލީގެ ހައްމާދު ސައީދުގެ ހަށިގަނޑު ވަޅުލައިފިއެވެ.

ހައްމާދުގެ ހަށިގަނޑު ވަޅުލާފައި މިވަނީ އޭނާ ނިޔާވިތާ 12 ދުވަސް ފަހުންނެވެ. ހައްމާދުގެ ހަށިގަނޑު ވަޅުލާފައިވަނީ ހުޅުމާލޭ ސަހަރާގައެވެ.

ހައްމާދުގެ ހަށިގަނޑު ވަނީ މިމަހުގެ 20 ވަނަދުވަހު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައެވެ.

ނިޔާވެފައި އޮއްވާ ފެނުނުއިރުވެސް ކުނިވެފައި އޮތް ހައްމާދުގެ ހަށިގަނޑުގެ އޮޓޮޕްސީހެދުމަށް ފޮނުވީ އޭނާ ނިޔާވި ސަބަބު ދެނެގަތުމަށް ކަމުގައި ފުލުހުން ވަނީ ބުނެފަައެވެ.

ހައްމާދު ނިޔާވެފައި އޮތް އެޕާޓްމަންޓަކީ މީހުން ދިރިނޫޅޭ އެޕާޓްމެންޓެއް ކަމަށާއި އެސަރަހައްދުގެ ބަޔަކު ޕޮލިހަށް ރިޕޯޓްކުރީ އެސަރަހައްދުން ކުނިވަސްދުވާތީކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ