Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

މި ސަރުކާރުން މަސްވެރިންނަށް 880 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި: މިނިސްޓަރު ޝިޔާމް

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީން ހޯދި ކަމިޔާބީތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު މަސްވެރިންނަށް ދޫނޫކުރެވި ހުރީ 61 މިލިއަން ރުފިޔާއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ޚަރަދު ކުޑަކޮށް ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ތެލަށް މިފްކޯއިން ކުރާ ޚަރަދު ކުޑަކުރެވިގެން ނޫނީ މިފްކޯގެ ޚަރަދު ކުޑަ ނުކުރެވޭނެތީ އެ ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ނުދެވިހުރިއެވެ. އޭގެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރުމަށް އެކި މަސައްކަތްތައްކޮށް ސަރުކާރުން ވަނީ ބިލްތައް މިދިޔަ އެޕްރީލް މަހާއި ހަމައަށް ހަލާސްކޮށްފައެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ.

މި ލިއުމާއި ގުޅޭ