އިންޑިޔާގައި މިހާރު ކުރިއަށްދާ ހަތް ފިޔަވަހީގެ ބޮޑު އާންމު އިންތިޚާބުގެ ފަހު މަރުހަލާގައި ހޮނިހިރު ދުވަހު ވޯޓުލުން ފަށައިފިއެވެ.
އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ މި ފިޔަވަހީގައި 8 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީގެ 58 ދާއިރާއެއްގައި ވޯޓުލުން އޮންނާނެ ކަމަށެވެ.
އިންތިޚާބަށް ދާ ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީތަކުގެ ތެރޭގައި ނިއު ދިއްލީ، ހަރްޔާނާ އަދި ބިހާރުގެ ގޮނޑިތައް ހިމެނެއެވެ.
ވޯޓުލުން ކުރިއަށްދާނީ ކޮންމެދުވަހަކުވެސް އިންޑިއާ ގަޑިން ހެނދުނު 7:00 ން ހަވީރު 6:00 ށް ކަމަށް އިންޑިއާގެ އެލެކްޝަން ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ ހަ ވަނަ ފިޔަވަހީގައި 111 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، 114،000 ސްޓޭޝަނެއްގައި ވޯޓުލާ މީހުންނަށް އެއް މިލިއަނަށް ވުރެ ގިނަ ވޯޓުލާ އޮފިޝަލުން މަރުހަބާ ކިޔާނެ ކަމަށެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އޮޑިޝާ ލެޖިސްލޭޓިވް އެސެމްބްލީގެ 42 އެސެމްބްލީ ދާއިރާގެ ވޯޓުލުން ވެސް އެއްފަހަރާ ކުރިއަށް ދާނެ ކަމަށެވެ.
އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވޯޓުލާ މީހުން އިންތިޚާބުކުރާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް 543 މެމްބަރުން އިންތިހާބު ކުރުމަށެވެ.
މި އިންތިޚާބަކީ މައިގަނޑު ގޮތެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިސްވެ އޮތް ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި އިންޑިއަން ނޭޝަނަލް ކޮންގްރެސް އިސްވެ އޮތް އިންޑިއާ ނަމަކަށް ކިޔާ އިދިކޮޅު އިއްތިހާދުގެ ކުރިމަތިލުމެކެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، 2019 ވަނަ އަހަރުގެ އާންމު އިންތިހާބާ އަޅާބަލާއިރު، މި އިންތިހާބުގެ މަރުހަލާތަކުގައި ވޯޓުލާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބާއެކު އިންޑިއާގައި އާންމު އިންތިހާބުން އިންތިހާބު ކުރަން ހަމަޖެހިފައިވާ 543 ގޮނޑީގެ ތެރެއިން 486 ދާއިރާގެ ވޯޓުލުން ނިންމާލާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާކީ އޮތް 57 ދާއިރާއަށް އެންމެ ފަހު ފިޔަވަހި ތާވަލުކޮށްފައިވަނީ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.
ވޯޓު ގުނުން އޮންނާނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.