Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

ރޭޕްކުރި މީހާ ފިލަން އެހީވި މައްސަލާގައި 29 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ކުޑަ އަންހެންކުއްޖަކު ރޭޕްކުރި މީހާ ފިލަން އެހީތެރިވި މައްސަލާގައި 29 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ހޯދަން އިޢުލާންކުރިމީހާ ފިލުވަން އެހީވިމީހާ 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

13 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދިނުމަށްފަހު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މީޑިއާއަށް މަޢުލޫމާތުދެއްވި ގޮތުގައި ރޭޕްގެ ހާދިސާ ހިނގީ މިދިޔަ އާދީއްތަދުވަހުއެވެ. އަދި ރޭޕްކުރި މީހާ ވަނީ އެދުވަހުން ފެށިގެން ފިލާފައިކަމަށާއި އޭނާ ހޯދުމަށް ފުލުހުން ފޮޓޯއާއިއެކު އިޢުލާންކުރިއެވެ. ހޯދަން އިޢުލާންކުރިތާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު ފިލުވަން މަސައްކަތްކުރުމަކީ ޤާނޫނުން އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

މި ލިއުމާއި ގުޅޭ