Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

މާލޭގެ ޕާކިންގޒޯނެއްގައި ހުރި ގަހެއް ވެއްޓި ގިނަ އަދަދެއްގެ ސައިކަލަށް ގެއްލުންވެއްޖެ

މާލެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ވައިގަދަވެ މާލޭ ސޯސަންމަގުގަި ހުންނަ ޕާކިންގ ޒޯނުގައިހުރި ބޮޑު ގަހެއް ވެއްޓި ގިނަ އަދަދެއްގެ ސައިކަލުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ސޯސަންމަގު ސިންދިތާ ފިހާރާ ކުރިމަތީގައި އޮންނަ ސައިކަލު ޕާކުކުރާ ސަރަހައްދުގައި ހުރި ގަސް ވެއްޓުމުގެ ސަބަބުން އެސަރަހައްދުގައި ޕާކުކޮށްފައިހުރި ގިނަ އަދަދެއްގެ ސައިކަލުތަކަކަށް ވަނީ ގެއްލުންވެފައެވެ. މިސަރަހައްދުގައި މިހާރު ފުލުހުންނާއި ގިނައަދަދެއްގެ ޢާއްމުން ދަނީ ސައިކަލުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ގިނަ ސައިކަލުތައް ހުރީ ގަހުގެ ދަށުވެފައިކަމަށްވަތީ ގެއްލުންވި ސައިކަލުގެ އަދަދު ޔަޤީންކޮށް ބުނަން ނޭގޭކަމަށާއި ނަމަވެސް ފެންނަ ފެނުމަށް 20 އަށްވުރެ ގިނަ ސައިކަލު ގަހުގެ އޮފިތަކުގެ ދަށުވެ ވެއްޓިފައިވާކަމަށް އެސަރަހައްދުގައި ހުރި މީހަކު "ދިޔަރެސް" އަށް މަޢުލޫމާތުދެމުން ބުންޏެވެ.

މާލޭ ސަރަހައްދަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ބައެއް ގަޑިތަކުގައި 60 މޭލަށް ވައިގަދަވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މިރޭވެސް މެޓުން ވަނީ މާލޭ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

މި ލިއުމާއި ގުޅޭ