Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްމެއްގައި ސޮއިކުރުމަށް އިންޑިއާއިން އެދިއްޖެ

ދިވެހިރާއްޖެއާއި އެކު މިނިަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އިންޑިއާއިން އެދިގެން އެކަމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިއެއްބަސްވުމެއް ގާއިމުކުރުމަށް އިސްވެ އެދުނީ އިންޑިއާގެ ފަރާތުންކަމަށެވެ.

މިިނިސްޓަރ ވިދާޅުވީ އިންޑިއާއި އެކު ވަރަށް ފަހުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި އިންޑިއާއިން ރާއްޖެއާއެކު ވަކިން ފްރީ ޓްރޭޑް އެގްރީމަންޓްއެއް އެކުލަވާލުމަށް ބޭނުންވާކަން ވަނީ ހާމަކޮށްފައިކަމަށެވެ.

އިންޑިއާއާއި ރާއްޖެއާއި ދެ ޤައުމަކީވެސް ސައުތް އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ގައި ސޮއިކޮށްފައިވާ 2 ބައިވެރިންނެވެ. 2004 ގައި ސޮއިކުރެވުނު ސަފްޓާ އަކީ ދެކުނު އޭޝިއާ ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

ރާއްޖެވަނީ ޗައިނާއާއި އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގައި 2017 ގައި ސޮއިކޮށްފައެވެ. ނަމަވެސް މިއެގްރިމެންޓަށް އަދި ޢަމަލުކުރަން ފަށާފައެއްނުވެއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމުން މިއެއްބަސްވުމަށް ރުހުން ހޯދުމަށް ހުށަހަޅުއްވާނެކަމަށެވެ.

ރާއްޖެއިންދަނީ ތުރުކީއާއި އެކުގައިވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވިގޮތުގައި ތުރުކީއާއިއެކު ހަދާ އެއްބަސްވުމުގެ މިހާރު ހިނގަމުންދަނީ އެންމެ ފަހުގެ މަރުހަލާތަކެވެ.

މި ލިއުމާއި ގުޅޭ