ޣައްޒާއާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލާ ދެކޮޅަށް ނެރުނު އާ ހުކުމަށް ޕާކިސްތާނާއި ދިވެހިރާއްޖެ އަދި މެލޭޝިއާ އިން މަރުހަބާ ކިޔައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޣައްޒާގައި އިސްރާއީލުގެ އޮޕަރޭޝަންތައް ހުއްޓުވުމަށް އައިސީޖޭއިން ނެރުނު އަމުރު ތަންފީޒު ކުރުމަށް އދގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގްވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުވުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަކީ "ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް މަގު ފަހިވެގެންދާނެ ކަމެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
އައިސީޖޭއިން ވަނީ މީގެ ކުރިން ނެރުނު އަމުރަށް ބަދަލު ގެނެސް، މެއި މަހުގެ ހަވަނަ ދުވަހު ތެލްއަވީވް ސިފައިން ފޮނުވި ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި އިސްރާއީލުން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.
އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ ޖަރީމާގެ މައްސަލާގައި ދެކުނު އެފްރިކާއިން އެދުނު އިތުރު ވަގުތީ ފިޔަވަޅުތަކާ ބެހޭ އަމުރު ކިޔުއްވަމުން އައިސީޖޭގެ ރައީސް ނަވާފް ސަލާމް ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ޖަމާއަތަށް ކުރިމަތިވެދާނެ ފަދަ އަސްކަރީ ހަމަލާއެއް ނުވަތަ ރަފާ ގަވަރުނަރޭޓްގައި އިޒްރޭލުން މިހާރުން މިހާރަށް އެގައުމުގެ އަސްކަރީ ހަމަލާތައް ނުވަތަ އެނޫންވެސް ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.
އައިސީޖޭއިން ބުނީ މާޗް މަހުގެ 28 ވަނަ ދުވަހު ނެރުނު އަމުރަށް ބަދަލު ގެނައީ މިދިޔަ އޮކްޓޯބަރު މަހު ފެށި ހަނގުރާމައިން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދާފައިވާ ރަފާއަށް ދިން ހަމަލާތަކުގެ ސަބަބުން ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް ކަމަށެވެ. އދ.ގެ އެޖެންސީތަކުން ބުނާ ގޮތުގައި އެއްގަމު މަގުން އަރައިގަތުމުގެ ސަބަބުން މިހާތަނަށް އަށް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެ ސިޓީ ދޫކޮށް ގޮސްފައެވެ.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ އެ ހުކުމަށް މަރުހަބާ ވިދާޅުވެފައެވެ.
އިޒްރޭލުން މި ޙުކުމަށް ބޯލަނބައި، ރަފާގައި ހިނގަމުންދާ ބަޔާންނުކުރެވޭ ފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލަންޖެހޭ، އަދި އިންސާނީ އެހީ ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ގޮތަށް ރަފާ ކްރޮސިން ވެސް ހުޅުވަން ޖެހޭ،" ޑރ.މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
"މިއީ ސުލްހައަށް އެޅުނު މުހިންމު ފިޔަވަޅެއް ނަމަވެސް، 1967 ގެ ކުރިން އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށުގެ ގޮތުގައި އޮންނަ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން އަދި ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ފަލަސްތީން ގާއިމުކުރުމަކީ ދެމެހެއްޓެނިވި ސުލްހައަށް އޮތް ހަމައެކަނި މަގެއް ކަމަށް ގަބޫލުކުރަން،" ޑރ.މުޢިއްޒު އެކްސްގައި ލިޔުއްވާފައިވެއެވެ.
އައިސީޖޭގެ ހުކުމާ ގުޅިގެން މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.
"އިތުރު ފިޔަވަޅުތަކަށް ތަބާވުމަށް އިސްރާއީލަށް ޕްރެޝަރު ކުރުން ވަރުގަދަ ކުރުމަށް މެލޭޝިއާއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން، އެކަން ނުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުގެ މާތްކަމަށް ފުރައްސާރަ ކުރުން ކަމަށް ވާތީ،" އެކްސްގައި ލިޔެފައިވެއެވެ.
އައިސީޖޭގެ ހުކުމުގައި ބުނެފައި ވަނީ ރަފާގައި އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ.
އަދި ޣައްޒާއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އިންސާނީ އެހީތެރިކަން ހުއްޓުމެއްނެތި ހޯދުމަށް ރަފާ ބޯޑަރު ހުރަސްކުރުން ހުޅުވާފައި ބެހެއްޓުމަށް ވެސް އިޒްރޭލަށް ވަނީ އަންގާފައެވެ.
އައިސީޖޭއިން ވަނީ އެންމެ ފަހުގެ އަމުރާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓެއް މަހެއްހާ ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.