Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބާސެލޯނާ އިން ޒަވީ ވަކިކޮށްފި، ބަދަލުގައި ގެންނާނީ ފްލިކް

ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް ވަކިކޮށް، އެ މަގާމަށް ބަޔާން މިއުނިކަށް ކުރި ކޯޗުކޮށްދިން ހަންސީ ފްލިކް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ޒަވީ ބާސެލޯނާގެ ކޯޗުކަމުގެ ފަހު މެޗުގައި އިރުޝާދުދޭނީ މި ސީޒަނުގެ ލީގުގައި މާދަމާ ބާސެލޯނާ އިން ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

ބާސެލޯނާގެ ކޯޗުކަމުން މި ސީޒަނަށް ފަހު ދުރުވާނެކަމަށް މިދިޔަ ޖެނުއަރީ މަހު ޒަވީ ވަނީ ބުނެފަ އެވެ. އެކަމަކު ކްލަބާ ވާހަކަދެއްކުމަށް ފަހު ޒަވީގެ ނިންމުން އަނބުރާ ގެންގޮސް ކޯޗުކަމުގައި މަޑުކުރަން މިދިޔަ އޭޕްރީލް މަހު ނިންމި އެވެ.

ޒަވީއާ ބާސެލޯނާއާ ދެމެދު ހިތްހަމަނުޖެހުން އުފެދީ ބާސެލޯނާގެ ހާލަތާއި ގުޅޭގޮތުން ޒަވީ ކުރި ކޮމެންޓްތަކާއި ގުޅިގެންނެވެ. ޒަވީ ބުނީ ބާސެލޯނާގެ މާލީ ހާލަތުގެ ގޮތުން ރެއާލް މެޑްރިޑްގެ އިތުރުން ޔޫރަޕްގެ ވަރުގަދަ އެހެން ކްލަބްތަކާ ވާދަކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ޒަވީގެ ވާހަކަތަކާއި ގުޅިގެން ބާސެލޯނާގެ މެނޭޖްމަންޓުން ހިތްހަމަނުޖެހުނެވެ. ޒަވީ މަގާމުން ވަކިކޮށް ފްލިކް ގެންނަން އެ ކްލަބުން ވިސްނީ އެހިސާބުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޒަވީ ވަކިކުރަން ނިންމީ ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އަދި ޑިރެކްޓަރ ޑެކޯގެ ބައިވެރިވި ބައްދަލުވުމުގަ އެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ފުރަތަމަ ސީޒަނުގައި ޒަވީ ވަނީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދީފަ އެވެ. އެކަމަކު މި ސީޒަނުގައި އެ ކާމިޔާބީ ތަކުރާރެއް ނުކުރެވުނެވެ.

ފްލިކް ވަނީ އާރުބީ ލައިޕްޒިގަށް ބޮޑު ކުރިއެރުމެއް ހޯދައިދީ އޭގެފަހުން ބަޔާންގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. ބަޔާން ދޫކޮށް ފްލިކް ހަވާލުވީ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމާ އެވެ. އެކަމަކު އެޓީމާ އެކު ބޭނުންވާ ނަތީޖާ ނުނެރެވުނެވެ.

މި ލިއުމާއި ގުޅޭ