Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ޣައްޒާ ހަނގުރާމައާ ބެހޭގޮތުން އަރަބި ޚާރިޖީ ވަޒީރުންނާއި ފަރަންސޭސި ރައީސް މަޝްވަރާކުރައްވައިފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އަރަބި ޚާރިޖީ ވަޒީރުންނާއި ފަރަންސޭސި ރައީސް މަޝްވަރާ ކުރައްވައިފިއެވެ.
މިސްރު، ގަތަރު، އުރުދުން އަދި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުން ހުކުރު ދުވަހު ޕެރިހުގައި ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި، އެ މަޝްވަރާތަކުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިސްރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަހުމަދު އަބޫ ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަރަބި ޑިޕްލޮމެޓުން މެކްރޮންއާ އެކު މަޝްވަރާ ކުރެއްވީ "ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަ ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން" ކަމަށެވެ.
މިސްރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަހުމަދު އަބޫ ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަރަބި ޑިޕްލޮމެޓުން މެކްރޮންއާ އެކު މަޝްވަރާ ކުރެއްވީ "ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަ ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން" ކަމަށެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޯނުން ގުޅުއްވައި އިސްރާއީލުގެ ކެރެމް ޝަލޯމް ކްރޮސިން މެދުވެރިކޮށް ވަގުތީ ގޮތުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިސްރުގެ ރައީސްގެ ފަރާތުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިޞްރާއި ރަފާގެ މުހިންމު ބޯޑަރު ހުރަސްކުރުން ބަންދުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އިސްރާއީލުން ރަފާއަށް ހަމަލާދޭން ފެށުމުން ޣައްޒާގެ ފަރާތް އިސްރާއީލުން ހިފުމާ ގުޅިގެންނެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި މިވަނީ ރަފާހުގައި ހިންގަމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ތެލް އަވީވްއަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް އިޒްރޭލުން ދަނީ ޣައްޒާއަށް އަނިޔާވެރި ހަމަލާތައް ދެމުންނެވެ.
ޣައްޒާގައި ފަލަސްތީނުގެ 35،850 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ބޮޑު ބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، އޮކްޓޯބަރު މަހުން ފެށިގެން 80،300 އެއްހާ މީހުން ޒަހަމްވެފައި ވާކަމަށް ޣައްޒާގެ ހެލްތްމިނިސްޓްރިން ބުނެއެވެ.
އިސްރާއީލު ހަނގުރާމައަށް ހަތް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނަށްޖެހި، ބޭސް ފަރުވާވެސް ހުއްޓުމަކަށް އައިސްފައެވެ.
ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް "ގަތުލުއާންމުގެ" ގެ ތުހުމަތު ކުރެވޭއިރު، އެ ކޯޓުން ވަނީ އެގައުމުގެ ސިފައިން ޖަރީމާގެ އަމަލުތައް ނުކުރުމަށާއި ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްގެ މައްޗަށް އަމުރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ