Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ބިން ހިއްކާ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުރި ސަފާރީތައް ނަގަން އަންގައިފި

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަޙައްދުގެ ފަޅުތެރޭގައި އަޅާފައި ހުރި ސަފާރީތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި އަންގާފައި ވަނީ އެ ކުންފުނިން ފާހަގަކޮށްފައިވާ ސަރަހައްދުގައިވާ ސަފާރީތައް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

އެ އިއުލާނުގައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުއަށް އެ ފަޅަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ސަފާރީތަކަށް ގެއްލުން ލިބި، ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނިގޮތުގައި ސަފާރީތައް ނެގުމަށް އަންގަނީ އެކަމަށް ރައްކާތެރިވުމުގެ ގޮތުންނެވެ.

އެޗްޑީސީން ބުނީ ދީފައިވާމުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ މަނާ ކަމެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ