ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލަކަށް ޒީނާޒް އަދުނާން ހަމަޖައްސައިފިއެވެ.
ކުރިން އެ ޕާޓީގެ އެސްޖީގެ ގޮތުގައި ހުންނެވީ، ޝިފާގު މުފީދެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ޝިފާގު އެ މަގާމުން އިސްތިއުފާދެއްވުމުން އެ މަގާމަށް ހަމަޖައްސާފައިވަނީ ކޮންގްރެސް ޕާޓީއަށް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ޒީނާޒެވެ.
ތައުލީމީ ދާއިރާގައި ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ޒީނާޒަކީ އެ ދާއިރާއަށް އެތަކެއް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަށް އެތައް ދުވސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.
އަދި މީގެ އިތުރުން، ނާކާމިޔާބު ވި ނަމަވެސް، އެ ޕާޓީގެ ފަރާތުން ފުވައްމުލަކު ސިޓީގެ ދެކުނު ގޮނޑިއަށް ވާދަކުރެއްވި ކެނޑިޑޭޓަކީ ޒީނާޒެވެ.