Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އައިސީސީން ކުރާ ތުހުމަތުތަކަށް އިޒްރޭލުން ފާޑުކިޔައިފި

ހަމާސްއާ ދެކޮޅަށް އިސްރާއީލްގެ އަސްކަރިއްޔާއިން ދިން ހަމަލާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އުފުލާފައިވާ ޖަރިމާގެ ދައުވާތައް އިޒްރޭލުން ކުށްވެރިކޮށް، އެ ތުހުމަތުތައް "އަޚްލާގީ ގޮތުން ދެކޮޅު" ކަމަށް އިޒްރޭލުން ބުނެފިއެވެ.
އިސްރާއީލު ސަރުކާރުން މި ހަރުކަށި ބަހުގެ ހަމަލާތައް ދީފައި މިވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް "ވަގުތުން ހުއްޓާލުމަށް" އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމަރުކޮށްފައި ވަނިކޮށެވެ.
ދެކުނު އެފްރިކާއިން ހުށަހެޅި ދައުވާތައް އައިސީޖޭގައި ފަށާފައި ވަނީ ހަމާސްއާ ދެކޮޅަށް ކަމަށްބުނެ ޣައްޒާގައި އިސްރާއީލުން ހިންގި ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިން ހިންގި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެންނެވެ.
އިސްރާއީލުގެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ދައުލަތާ ދެކޮޅަށް އުފުލާފައިވާ ޖަރީމާތަކުގެ ތުހުމަތުތަކަކީ އަޚްލާޤީ ގޮތުން ފުށުއަރާ އަދި ހަގީގަތާ މުޅިން ޚިލާފު ދައުވާތަކެއް ކަމަށެވެ.
"ހަމާސްގެ ޓެރަރިސްޓުން ނުހައްގުން ފޮނުވާލި ރޮކެޓްތަކުގެ ވާރޭން އެގައުމުގެ ރައްޔިތުން ސަލާމަތްވުމަށް އިޒްރޭލުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅި."އެބަޔާނުގައި ވެއެވެ.
އަދި ޣައްޒާގައި ދިރިއުޅޭ އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ރޮކެޓް ލޯންޗަރުތައް ބަހައްޓައިގެން ހަމާސް ޖަމާއަތުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް އދ.ގެ ކޯޓުން ލޯ ހުޅުވިފައިނުވާ ކަމަށް އެ އެގައުމުން ތުހުމަތުކުރެއެވެ.
އައިސީސީގެ މި އަމުރުތައް އައިސްފައިވަނީ ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލަށް ބައިނަލްއަގްވާމީ ގާނޫނީ ޕްރެޝަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެކެވެ. ގަތުލުއާންމުގެ ކުށް ސާބިތުވެއްޖެ ނަމަ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދަބުތައް ލިބޭނެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ "ޓެރަރިސްޓް ރޮކެޓް ހަމަލާތަކުން އެމީހުންގެ ދަރިން ސަލާމަތް ކުރާނެ ގޮތަކާ ބެހޭ ގޮތުން ބޭރުގެ އެއްވެސް އިދާރާއަކުން އަންގާ އެންގުންތައް އިސްރާއީލުން ބަލައިނުގަންނާނެ" ކަމަށް ބުނެފައެވެ.
ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ވަނީ އައިސީޖޭގެ ހުކުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދަށް ލިބުނު ކާމިޔާބީއެއް ކަމަށް ބުނެ ތައުރީފުކޮށްފައެވެ.
މި ތުހުމަތުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައު ވަރަށް ބޮޑަށް ބައިބައިވެފައިވާއިރު، އެމެރިކާ ފަދަ އިސްރާއީލުގެ ބައިވެރިން ވަނީ އައިސީސީއިން ފަހަތަށް ޖެހި، އިސްރާއީލާ ދެކޮޅު ފިކުރެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އިސްރާއީލުން ފަލަސްތީނާ މެދު އަމަލުކުރާ ގޮތާ މެދު ގާނޫނީ ގޮތުން ބަލަމުން އަންނަ ކަންކަމަށް ތައުރީފުކޮށްފައެވެ.
ކޯޓު އަމުރު ތަންފީޒު ކުރެވޭނެ ކަމަށް ނުބެލެވޭތީ، އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ތައް މަޑުޖެހުމުގެ އެއްވެސް ނިޝާނެއް ނުފެނުނު ނަމަވެސް، އައިސީސީގެ ދައުވާތަކުން ގާނޫނީ އަދި ސިޔާސީ ހަނގުރާމަތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މި ލިއުމާއި ގުޅޭ