Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރަފާހަށް ހަމަލާދިނުން ވަގުތުން ހުއްޓާލަން ދުނިޔޭގެ ކޯޓުން ނެރުނު އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ޣައްޒާގެ ރަފާހަށް ހަމަލާދިނުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކުރި އަމުރަށް ރާއްޖެއިން މަރުހަބާކިޔާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ދުނިޔޭގެ ކޯޓުން ކުރި އަމުރަށް އިޒްރޭލުން ވަގުތުން ބޯލަނބުމަށާއި އިންސާނީ އެހީފޯރުކޮށްދޭ ފަރާތްތަކަށް ރަފާހަށް ވަނުމަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ދެކުނުއެފްރިކާގެ ހުށަހެޅުމުގެ ދަށުން އައިސީޖޭއިން ކުރި އަމުރަށް ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރައީސް ވަނީ މަރުހަބާ ވިދާޅެވެފައެވެ.

ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިގޮތުގައި އައިސީޖޭގެ އަމުރަކީ ސުލްހައަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ޤަބޫލުކުރަނީ ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމުގައި ކަނޑައެޅުމާއި 1967 ގައި އޮތްގޮތަށް ފަލަސްތީނުގެ ބޯޑަރު ކަނޑައެޅި ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ކަމަށް ނިންމުމަކީ ފަލަސްތީނުގެ މައްސަލައަށް ދާއިމީހައްލު ލިބޭނެ ހަމައެކަނި ގޮތްކަމުގައެވެ.

އައިސީޖޭއިން ކުރި އަމުރަށް ގޮންޖަހައި, އިޒްރޭލުން ވަނީ ރަފާހަށް އަދިވެސް ހަމަލާދޭނެކަމަށް ބުނެފައެވެ.

މި ލިއުމާއި ގުޅޭ