Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އެއްވެސް ތަފާތު ކުރުމެއްނެތި އިމިގްރޭޝަން ގާނޫނު ތަންފީޒުކުރާނަން: ކޮންޓްރޯލަރ ޝަމްއާން

އެއްވެސް ތަފާތު ކުރުމެއްނެތި އިމިގްރޭޝަން ޤާނޫނު ތަންފީޒު ކުރައްވާނެ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ޝަމްޢާން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖެ އިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި، ރާއްޖެއަށް އެތެރެވާ މީހުންނާއި އަދި ރާއްޖޭގައި ތިބި ބިދޭސީންނާއިމެދު ޢަމަލުކުރާނެ އުސޫލު އިމިގްރޭޝަންގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެޤާނޫނު ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށެވެ.

ޝަމްޢާން މިފަދައިން ވިދާޅުވެފައިވަނީ ޑީޕޯޓްކޮށްފައިވާ ބިދޭސީއަކު ރާއްޖެއަށް އެތެރެވުން އިމިގްރޭޝަނުން މަނާކުރުމުން އެކަމާއި ދެކޮޅަށް އެމީހާގެ ޤާނޫނީ ވަކީލުން ޝަކުވާ އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

"ދިޔަރެސް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް އެތެރެވުން މަނާކުރެވުނު ބިދޭސީ މީހާއަކީ ކުރިން ރާއްޖޭގެ މީހަކާއި ކައިވެނިކޮށްގެން އުޅުނު މީހެކެވެ. އަދި އެކި ޖިނާޢީ ކުށްތަކެއްގެ ތުހުމަތު ކުރެވިފައިވާ މިމީހާ ޑީޕޯޓްކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމުގައި ކަމަށްވެސް ދިޔަރެސްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ލިއުމާއި ގުޅޭ