Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިޒްރޭލުން ރަފަޙަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އައިސީޖޭއިން އަމުރުކޮށްފި

އިޒްރޭލްގެ ސިޙްޔޫނީ ސިފައިން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރުކޮށްފިއެވެ.
އިސްރާއީލާ ދެކޮޅަށް މިހާރު އައިސީޖޭގައި ހިނގަމުންދާ ޖަރީމާގެ މައްސަލާގައި ދެކުނު އެފްރިކާއިން އެދުނު އިތުރު ވަގުތީ ފިޔަވަޅުތަކާ ބެހޭ އަމުރު އިއްވަވަމުން އައިސީޖޭގެ ރައީސް ގާޒީ ނަވާފް ސަލާމް ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ފަދަ އަސްކަރީ ހަމަލާއެއް ނުވަތަ ރަފާ ގަވަރުނަރޭޓްގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ނުވަތަ އެނޫންވެސް ފިޔަވަޅުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އައިސީޖޭއިން ބުނީ މާޗް މަހުގެ 28 ވަނަ ދުވަހު ނެރުނު އަމުރަށް ބަދަލު ގެނައީ މިދިޔަ އޮކްޓޫބަރު މަހު ފެށި ހަނގުރާމައިން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދާފައިވާ ރަފާއަށް ދިން ހަމަލާތަކުގެ ސަބަބުން ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށެވެ.
އދ.ގެ އެޖެންސީތަކުން ބުނާ ގޮތުގައި އެއްގަމުމަގުން ރަފަޙަށް އަރައިގަތުމުގެ ސަބަބުން މިހާތަނަށް އަށް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެ ސިޓީ ދޫކޮށް ގޮސްފައެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ރަފާގައި އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައި ދީފައި ނުވާ ކަމަށެވެ.
އައިސީޖޭއިން ވަނީ ޣައްޒާއަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ހޯދުމަށް ރަފާ ބޯޑަރު ހުރަސްކުރާ ސަރަހައްދު ހުޅުވާފައި ބެހެއްޓުމަށް ވެސް އިޒްރޭލަށް ގޮވާލާފައެވެ.
އަދި އެންމެ ފަހުގެ އަމުރާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓެއް މަހެއްހާ ދުވަހުގެ ތެރޭގައި ހުށަހަޅަން ތެލް އަވީވްއަށް ވަނީ އަންގާފައެވެ.
މި ލިއުމާއި ގުޅޭ