ދިވެހިރާއްޖޭގެ މިހާރުގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަކީ ދިވެހިންނަށް ސިޔާސީ މައިދާނުގައި އައު މޫނެއް ނޫނެވެ. ބައްޕަ އަބްދުއްރަހީމް އާއި ދާދި އެއްވަރެއްގެ މަޤްބޫލުކަމެއް ލިބިަފއިވާ ފައިސަލް އަކީ އޭނާގެ ބައްޕަ އަބްދުއްރަހީމުގެ ސިޔާސީ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި ޤާބިލު ކެރޭ ދަރިއެއްކަން މިއަދު މިވަނީ ހާމަވެފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އައްޔަން ކުރުމަށް ވެރިކަންކުރާ ޕީއެންސީން ނިންމާފައިވާ އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ކަންކަމުގައި އާޢިލާގެ ތެރެއިން އެންމެ ބޮޑަށް އެހީތެރިވަނީ ދަރިފުޅު ފައިސަލް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ސިޔާސީ ކާމިޔާބުތަކުގައި ފައިސަލް ޢަމަލީގޮތުން މަސައްކަތް ކުރައްވާފައިވާކަންވެސް އަބްދުއްރަހީމް ފާހަގަކުރެެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މަޖިލިސް މެންބަރ އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އެމަނިކުފާނަށް ސިޔާސީ މައިދާނުގައި ލިބެމުންދާ ބޮޑެތި ކާމިޔާބުތަކުގެ ސަބަބަކީ އެމަނިކުފާނުގެ އާޢިލާގެ އެންމެން ދެއްވާ އެއްބާރުލުން ކަމަށާއި އޭގެތެރެއިންވެސް ފައިސަލްގެ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާކަމަށެވެ.
މިނިސްޓަރ ފައިސަލް ގެންދަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހުންނެވި އެންމެ ހަގު މިނިސްޓަރަށް ވެހުރެމެ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ ހަރުފަތްތަކަކަށް ގެންދެވުމުގެ ކާމިޔާބު މަސައްކަތް ކުރެއްވުމުގައި މުޅި ޤައުމަށްވެސް ނަމޫނާ ދައްކަވަމުންނެވެ.
2019 ގައި ފައިސަލްގެ ދެބަފައިންނަށް މަޖިލިސް އިންތިޚާބުން ނާކާމިޔާބުވުމުންވެސް ފެނިގެން ގޮސްފައިވަނީ ބައްޕާފުޅާއެކު އާހިތްވަރަކާއެކު ނުކުމެވަޑައިގެން ޕީޕީއެމް ހިންގެވުމުގައި ބައްޕައަށް އެއްބާރުލުންދެމުންދިޔަ ތަނެވެ. އަދި ރައީސް ޑރ. މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕީއެންސީން ކެންޕޭނަށް ނުކުތް ވަގުތުވެސް އަބްދުއްރަހީމްއާއިއެކު ދަރިފުޅު ފައިސަލް ސާބިިތުވެ ހުންނެވިތަނެވެ.