Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޔުމްނާ މައުމޫން

ފޭކް ހަބަރެއްގައި ކުރީގެ މިނިސްޓަރ ޔުމްނާ ޖެހި ފަލީހަތްވެއްޖެ

"ށ" އިން ފެށޭ ބަސްތަކެއް އުފައްދަވާނެކަމަށް ދިވެހިބަހާއި ތާރީޚާއި ބެހޭ ވަޒީރު ވިދާޅުވިކަމަށް "ފޭކު" ޚަބަރު ފަތުރާ ނޫހަކުން ޝާއިޢުކުރި ޚަބަރެއްގައި ކުރީގެ މިނިސްޓަރ ޔުމްނާ މައުމޫން ޖެހިއްޖެއެވެ.

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމަށް މިޚަބަރަށް ރައްދުދީ ކުރީގެ މިނިސްޓަރ ޔުމްނާ ކޮށްފައިވާ ކޮށްފައިވާ އެކްސް ޕޯސްޓަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ޔުމްނާގެ އެކްސް ޕޯސްޓާއި ގުޅިގެން "ފާސިޤަކު ދޮގު ޚަބަރަކާއިގެން އަތުވެއްޖެނަމަ ކަންތައް ކުރަންޖެހޭގޮތް" ޤުރުއާނުގައި ވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަމެއް ކުރެއްވުމަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭ އަދި ތަރުހީބުދެއްވާނެކަމެއް ނޫނަކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ޚަަބަރު ޝާއިޢުކުރި "ދިޔަވަރު" ނޫހަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ނޫހެކެވެ. އަދި ރާއްޖޭގެ ސަރުކާރުގެ އެކި ފަރާތްތަކާއި ބެހޭގޮތުން ފޭކު, ދޮގު ޚަބަރު ފަތުރަމުންދާ މިނޫހަށް ކުރިން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

މި ލިއުމާއި ގުޅޭ