Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

13 އަހަރުގެ ކުއްޖާގެ ރޭޕް މައްސަލާގައި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އުތުރު ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދިނުމަށްފަހު ޖިންސީ ގޯނާކޮށް ރޭޕްކުރިކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ ގްރޫޕަގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ ރޭޕް މައްސަލާގައި 27 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.

މިމީހާ ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފައިވަނީ މިމީހާ ހޯދުމަށް ފުލުހުން މިއަދު އިޢުލާންކުރިފަހުންނެވެ. މިމީހާ ހޯދުމަށް ފުލުހުން މަސައްކަތްކުރާތާ މިއީ 5 ވަނަ ދުވަހެވެ.

ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި ފުލުހުންގެ އުތުރު ކޮމާންޑަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ކުޑަކުދިންނާއި ގުޅުންހުރި މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ.

މި ލިއުމާއި ގުޅޭ