Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޖިރޫޑް ޔޫރޯ އަށް ފަހު ފްރާންސް ޓީމުން ރިޓަޔާ ކުރަނީ

މިއަހަރުގެ ޔޫރޯ އަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރާނެކަމަށް ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ބުނެފި އެވެ.

އޭސީ މިލާނަށް ކުޅޭ ޖިރޫޑަކީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޖިރޫޑް ވަނީ އެގައުމަށް ކުޅުނު 131 މެޗުގައި 57 ގޯލު ޖަހައިފަ އެވެ. އަދި، ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް 2022 ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި އެވެ.

މިއަހަރު ފްރާންސް ވާދަކުރާ ޔޫރޯ ސްކޮޑްގައި ޖިރޫޑް ވަނީ ހިމަނާފަ އެވެ.

"މިއީ އަހަރެން ގައުމީ ޓީމާ އެކު ކުޅޭނެ ފަހު މުބާރާތް. ގައުމީ ޓީމު މަތިން ވަރަށް ހަނދާން ވާނެ" ކުރިން ޗެލްސީ އާއި އާސެނަލަށް ކުޅުނު ފޯވާޑް ބުންޏެވެ.

ޖިރޫޑް ބުނީ ފްރާންސް ގައުމީ ޓީމުގައި ވެސް އަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

ވޯލްޑް ކަޕް 2018 ވަނަ އަހަރު ފްރާންސް ހޯދިއިރު ޖިރޫޑް ގޯލެއް ނުޖަހަ އެވެ. އެކަމަކު 2022 ގެ ވޯލްޑް ކަޕްގައި ޖިރޫޑް ހަތަރު ގޯލު ޖެހި އެވެ.

ހޮނިހިރު ދުވަހު ޖިރޫޑް އޭސީ މިލާނަށް ކުޅޭނީ ފަހު މެޗެވެ. އެ މެޗުގައި މިލާން ނުކުންނާނީ ސެލާނިޓާނާއާ ދެކޮޅަށެވެ.

އުމުރުން 37 އަހަރުގެ ޖިރޫޑް މި ސީޒަނަށް ފަހު ބަދަލުވާނީ އެމެރިކާ ލީގުގެ ލޮސް އެންޖެލިސް އެފްސީ އަށެވެ. އެ ކްލަބާ ގުޅެނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

މި ލިއުމާއި ގުޅޭ