Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޑރ.މުޢިއްޒު, ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނަވަނީ ހިންގުން ހަރުދަނާކުރަން: ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު, ސަރުކާރުގެ ބައެއް މަގާމުތަކަށް ބަދަލުތައް ގެންނަވަނީ ހިންގުން ހަރުދަނާކުރެއްވުމަށްޓަކައި ކަމުގައި އެމަނިކުފާނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އަމާޒުކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދާދިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ އެ މަގާމުތަކުން ވަކިކުރައްވައިފައެވެ.
މިކަމާ ގުޅޭ ގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި ހީނާ ވިދާޅުވީ ސަރުކާރު ހިންގެވުމުގައި ރައީސަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ބައްޓަންކުރެއްވުމުގެ ގޮތުން, މިނިސްޓްރީތަކާއި ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރެއްވުމާއި ވަކިކުރެއްވުމާއި ނުވަތަ އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރެއްވުމުގެ މަސައްކަތް އަބަދު ވެސް ކުރައްވާ ކަމަށެވެ. އެގޮތުން ދާދިފަހުން ގެނެވުނު ބަދަލުތަކަކީ ވެސް މިގޮތުގެ މަތިން ރައީސް ގެންނެވި ބަދަލުތަކެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
''.. އެގޮތުގެ މަތިން ސަރުކާރު ހިންގެވުމުގައި އެމަނިކުފާނު ބޭނުންފުޅުވާ ކަންކަން ފަސޭހަކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނީ.''
ދާދިފަހުން ވަނީ އެމްއެމްޕީއާރްސީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ފާޠިމަތު ތަޢުފީޤް (ކުޑީ) އާއި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އަޙްމަދު ސަމާހު ރަޝީދާއި އެޗްޑީސީގެ ޗެއަރމަންގެ މަގާމުން އަޙްމަދު ޒުހޫރު ވެސް ވަކިކުރައްވައިފައެވެ. މީގެއިތުރުން އެމްއެމްޕީއާރްސީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ޢާއިޝާ ނޫރްޢައިން ޖަނާޙް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މި ލިއުމާއި ގުޅޭ