Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް މާދަމާ ބާބިއުޑާއަށް ފުރާވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބާބިއުޑާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައެވެ.

ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ރައީސް ބާބިއުޑާއަށް ވަޑައިގަންނަވަނީ އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސް، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް ދައުވަތު ރައީސް ޑރ. މުއިއްޒުއަށް އަރުވާފައިވަނީ ޕް 28 ސަމިޓްގައި ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅޫ ދައްކަވާނެކަމަށާއި މި ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. ރައީސް ޑރ. މުއިއްޒު 7 ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިފައިވާއިރު އޭގެ އިތުރުން އިތުރު 3 ހަރަކާތެއް ރާއްޖެއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެކަމަށް ހީނާ ވިދާޅުވިއެވެ. އަދި އިތުރުން ކޮންފަރެންސްއާއި ހަރަކާތްތަކުގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި އެހީތެރިކަން ބޭނުންވާ ގޮތްތައްވެސް ހިއްސާކުރަމުންދާނެކަމަށް ހީނާ ވިދާޅުވިއެވެ.

ސިޑްސް ކޮންފަރެންސްގައި ބައިވެރިވުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އިތުރުން ޚަރިޖީ ވަޒީރު މޫސާ ޒަމީރު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު , ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު އަދި އެމްބެސެޑަރ އެޓް ލާޖު ޑރ. ޢަލީ ނަޞީރު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ސިޑްސްގެ މި ކޮންފަރެންސްގައި ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ދެމެހެއްޓެނި ތަރައްޤީއަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން މުހިއްމު އެތައް ކަންކަމާއި ގުޅޭގޮތުން ސިޑްސްގެ މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މިފަހަރުގެ ކޮންފަރެންސްގައި ދެމެހެއްޓެނިވި ތަރައްގީގެ 2030 ވަނަ އަހަރުގެ އެޖެންޑާ ހާސިލްކުރުމަށްވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ލިއުމާއި ގުޅޭ