Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެންސީ

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަށް ފަލާހު ސީނިއާ ޑެޕިއުޓީއަކަށް ޝުޖާ

ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަމަށް އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމު ފަލާހު އަދި ޕާލިމަންޓަރީ ގުރޫޕުގެ ނައިބުރައީސްކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހަމަޖެއްސެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ފާއިތުވި މަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 20 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ އިންތިޚާބީ މެންބަރުންނާއެކު މިއަދު މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސްވަނީ މަޖިލީހުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް އަދި ޕާލިމަންޓަރީ ގުރޫޕުގެ އިސް މަޤާމުތަކަށް އިންތިޚާބުކުރަން ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ރައީސްވަނީ ހިއްސާކުރައްވާފައެވެ.

މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދި މަަޖިލީހުގެ ނައިބުރައީސަކަށް 18 ވަނަ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމު ހަމަޖެއްސެވުމަށް ރައީސްވަނީ ހުށަހަޅުއްވާފައެވެ.

އޭގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބުލީޑަރުންގެ ގޮތުގައި ތިން ބޭފުޅަކު ކަނޑައެޅުއްވުމަށް ރައީސްވަނީ ހުށަހަޅުއްވާފައެވެ. ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލާއި، މަހިބަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ޠާރިޤާއި، ހުޅުދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ޝާހިދެވެ.

ރައީސް ޑރ.މުޢިއްޒު ޕާލިމަންޓަރީ މަޖިލީހުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް އަދި ޕާލިމަންޓަރީ ގުރޫޕުގެ މަޤާމުތަކަށް ހަމަޖެއްސެވުމަށް ހުށަހެޅުއްވި ހުރިހާ ނަންތަކެއް މިއަދު އޮތް ބައްދަލުވުމުގައި އަލަށް އިންތިޚާބުވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްވެފައެވެ.

މި ލިއުމާއި ގުޅޭ