Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

މިނިސްޓަރ ޝިޔާމް ތައިލެންޑްގެ މަސްދަޅު ބަންދުކުރާ ކާރުޚާނާއަކަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް, އަހުމަދު ޝިޔާމް ތައިލެންޑުގެ މަސްދަޅުބަންދުކުރާ ކާރުޚާނާއަކަށް ޒިޔާރަތްކުރައްވައިފިއެވެ.

18 ވަނަ އިންފޯފިޝް ވޯލްޑް ޓުނާ ޓްރޭޑް އެންޑް އެގްޒިބިޝަންގައި ބައިވެރިވެލެއްވުމަށް މިނިސްޓަރ ޝިޔާމް ތައިލެންޑަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޒިޔާރަތްކުރެއްވީ "އެމްއެމްޕީ އިންޓަނޭޝަނަލް ޓޫނާ ކޭނަރީ" އަށެވެ. އެމްއެމްޕީގެ މަސްދަޅުބަންދުކުރާ ކާރުޚާނާއަށް އެންމެ ގިނައިން ކަަޅުބިލަމަސް އެކްސްޕޯޓްކުރަނީ ދިވެހިރާއްޖެއިންނެވެ.

އެމްއެމްޕީގެ ކާރުޚާނާއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި އެކާރުޚާނާގައި މަސްދަޅު ބަންދުކުރުމުގެ މަސައްކަތްކުރެވޭ ގޮތާއި މަސްދަޅުބަންދުކުރުމުގައި އެކުންފުނިން ގެންގުޅޭ އުސޫލުތަކާއިބެހޭގޮތުން ވަނީ މަޢުލޫމާތު ސާފުކުރައްވައި މަސައްކަތް ހިނގާ ގޮތް ބައްލަވާފައެވެ.

މިނިސްޓަރ ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި 18 ވަނަ އިންފޯފިޝް ވޯލްޑް ޓުނާ ޓްރޭޑް އެންޑް އެގްޒިބިޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މަސްވެރިކަމުގެ ސިނާޢަތުގެ ތެރެއިން ކަޅުބިލާމަހުގެ ސިނާޢަތަށް ސަރުކާރުން ކޮށްފައިވާ ތަސައްވުރު އެގްޒިބިޝަންގެ ބައިވެރިންނާއި ހިއްސާކުރެއްވިއެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި ވަނީ ތައިލެންޑްގެ ފިޝަރީޒް މިނިސްޓަރުގެ އިތުރުން އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއާމަންއާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ކުރެވެންހުރި ކަންތައްތަކާއިބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ