Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

މަޝްރޫއުތައް ހިންގުމަށް ކަނޑައެޅިފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަ ހުރި: ފިނޭންސް

ދިވެހިރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށް ކަނޑައެޅިފައިވާ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރލީ ޑެޓް ބުލެޓިންގައި ބުނެފައިވާގޮތުން ފުރަތަމަ ކުއާޓާރ ނިމިގެންދިޔައިރު ދިވެހިރާއްޖެއިން ނަގާފައިވާ ޖުމުލަ ދަރަނީގެ އަދަދުތައްވަނީ 38.1 ބިލިއަނަށް އަރާފައެވެ.

އަދި ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާގެ ގޮތުގައި ލިބެން ޖެހޭ ބޮޑު އަދަދެއް ނުލިބި ހުރިކަންވެސް ހިއްސާކޮށްފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީން ވަނީ ފައިސާ ދޫނުކޮށް ތިބި ފަރާތްތަކާއި އަދަދުތައް ހިއްސާކޮށްފައެވެ.

އެގޮތުން ކްރެޑިޓަރުންގެ ތެރޭގައި ރާއްޖޭގައި މުހިންމު ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ގޮތުން ފައިސާ ނަގާފައިވާ އިންޑިއާގެ އެގްޒިމް ބެންކު ފަދަ ތަންތަން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

ފިނޭންސްއިން ބުނީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫޢުކަމަށްވާ ތިލަމާލެ ބުރިޖު ފަދަ މަސައްކަތްތައް ކުރުމަށް ފައިސާ ނަގާފައިވާ ބޭންކެއްކަމަށްވާ އިންޑިއާގެ އެގްޒިމް ބެންކްއިން ނުލިބި ހުރި ފައިސާގެ ގޮތުގައި މި އަހަރުގެ ފުރަތަ ކުއާޓަރު ނިމުނު އިރު 15.71 ބިލިއަން ރުފިޔާ ހުރިކަމަށެވެ.

އަދި ހުޅުމާލެ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ނަމުގައި ރާއްޖޭގެ ސަރުކާރާއިއެކު އެއްބަސްވުމެއް ސޮއިކޮށްފައިވާ ސައުދީ ޑިވެލޮޕްމެންޓު ފަންޑުންވެސް ދޫނުކޮށް ހުރި 1.6 ބިލިއަން ހުރިކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ރާއްޖޭގައި މާލީ އެތައް މަސައްކަތައް ހަރުދަނާކުރުން ފަދަ މަސައްކަތްތައް ކުރަމުންދާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު އެސޯސިއޭޝަންގެ ފަރާތުން 1.2 ބިލިއަން ލިބެން ހުރިކަމަށާއި ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށްޓަކައި ފައިނޭންސްކޮށް މާލީ މަސައްކަތްތައް ތަރުތީބު ކުރުމުގައި އިރުޝާދު ދެމުންދާ ބޭންކެއްކަމަށްވާ އޭޝިއަން ޑިވެލޮޕްމެންޓު ބެންކުގެ ފަރާތުން 908.5 މިލިއަން ރުފިޔާ ނުލިބިހުރިކަމަށެވެ.

މީގެއިތުރުން ގްރޭޓާރ މާލެ ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓު ފަދަ މަޝްރޫއުތަކަށް ފަންޑުކޮށްފައިވާ ބެންކެއްކަމަށްވާ އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކުގެ ފަރާތުންވެސް ލިބެން ޖެހޭ 853.9 މިލިއަން ހުރިކަމަށާއި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތްތައް ފަދަ ކަންކަމުގައި އެކުގައި ހަރަކާތްތެރިވެފައިވާ ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ 723.2 މިލިއަން ރުފިޔާވެސް ނުލިބޭކަމަށްވެސް ބުނެފައިވެއެވެ.

ފިނޭންސުން އިތުރަށް ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތްތައް ފަދަ ކަންކަމުގައި ދިވެހިރާއްޖެއަށް ވާގިވެރިވާ ދަޗު ބެންކެއްކަމަށްވާ އޭބީއެން އެމްރޯގެ ފަރާތުންވެސް 721.6 މިލިއަން ނުލިބި ހުރިކަމަށާއި އަބޫދާބީ ފަންޑުގެ ފަރާތުން 683.2 އަދި އެހެނިހެން ފަރާތްތަކުން ލިބެން ޖެހޭ 1.82 ބިލިއަންވެސް ނުލިބިހުރިކަމަށެވެ.

މި ހުރިހާ ފައިސާއެއްގެ ޖުމުލަ 24.2 ބިލިއަނަށް އަރައެވެ.

މި ލިއުމާއި ގުޅޭ