Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫން ހައްޖު މޫސުމަށް ހާއްސަ ސިމެއް ތައާރަފުކޮށްފި

ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ރޯމިންގް ސިމެއް މިއަދު ތައާރަފުކޮށްފި އެވެ.

ސައުދީ ޕާސްޕޯޓުގެ ނަމުގައި ތަޢާރަފުކުރި މި ސިމަކީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާއި މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ތައާރަފުކުރެވުނު ސިމެއް ކަމަށް އޫރިދޫއިން މަޢުލޫމާތުދެއްވައެވެ.

އޫރިދޫއިން މަޢުލޫމާތުދެއްވާގޮތުގައި މި ސިމަކީ 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި، 60 އެސްއެމްއެސް ރޯމިންގްގައި ބޭނުންކުރެވޭ ގޮތަށް ބަންޑެލް ކުރެވިފައިވާ ސިމެކެވެ. އަދި މިސިމުން ބޭނުން ކުރާ ޑޭޓާއަށް ޗާޖުކުރާނީ އެމްބީއަކަށް 99 ލާރި ކަމަށްވެސް އޫރިދޫއިން މަޢުލޫމާތުދެއްވައެވެ.

އޫރިދޫއިން މިސިމް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން "ސައުދީ ޕާސްޕޯޓް" ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ހައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޫރިދޫގެ ސީއީއޯ ވިދާޅުވީ އާއިލާ އާއި ގާތްމީހުންނާއި ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އުރީދޫ ސައޫދީ ޕާސްޕޯޓުން ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ