Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މެރަދޫ ރިސޯޓުން މޫދަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަންއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ފެނިފައި ވަނީ މިއަދުގެ 9:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށްކަމަށެވެ.

އެ އިދާރާއިން ބުނީ އޭނާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށާއި އޭނާ މަސައްކަތްކުރާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ކުރަމުންދާކަމަށެވެ.

ސަވަން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ދިޔައީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ