Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ހަތަރު މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ގެއްލުނު ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބަންގްލަދޭޝް 3 މީހުންނާއި ދިވެއްސަކާއެކު އެކު ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފައިވާކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މައުލުމާތުދީފިއެވެ.

އެމްއެންޑީއެފް އިން މައުލުމާތު ދިން ގޮތުން މި ދޯނި ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 17:20 ގައެވެ.
AAA-37 ނަމަކަށް ކިޔާ ދޯންޏަކީ އަތޮޅުތަކަށް މުދާ ބަރުކޮށޤގެން ދުއްވާ ދޯންޏެއްކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެ ދޯނި ތިލަފުށިން ދަތުރު ފަށާފައިވަނީ އިއްޔެ ހެނދުނު 06:00 ހާއިރުކަމަށާއި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެ އިދާރާއިން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައި ގޮތުގައި އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން، ކަނޑާއި ވައިގެ މަގުން 4519 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ