Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ތިން މަސް ތެރޭގައި ގޯތި ހަވާލުކުރުން ލާޒިމުކުރަން ފާސްކުރި ބިލު އަނބުރާ މަަޖިލީހަށް ރައީސް ފޮނުއްވައިފި

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު, ތަޞްދީޤް ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

މިބިލް އަނބުރާ މަޖިލީހަށް ފޮނުއްވަމުން ރައީސް ވަނީ މިބިލާއިމެދު އަލުން ވިސްނަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 29 އޭޕްރީލް 2024 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ.

މި އިސްލާހުގައިވާ ގޮތުން ސަރުކާރުން ދޭ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ގޯތިވެރިންނާއި ހަވާލުކުރަން ޖެހޭނެ އެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ މެޖޯރިޓީން ފާސްކޮށްފައިވާ މި ބިލުގެ މަގްސަދަކީ ކުރީސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ގޯތިލިސްޓުގައިވާ ފަރާތްތަކާއި ހަވާލުކުރުމެވެ.

ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިޚާބާއި ގާތްކޮށް ހުޅުމާލެ ފޭސް 2 އަދި އަލަށް ހިއްކާ ހުޅުމާލޭ ފޭސް 3 އަކާއި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،000 ގޯތި ދީފަ އެވެ.

މި ލިއުމާއި ގުޅޭ