Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ޓްރަމްޕާއި ބައިޑަން ރިޔާސީ ބަހުސެއްގައި ކުރިމަތިލާން އެއްބަސްވެއްޖެ

ޓްރަމްޕާއި ބައިޑަން، ރިޔާސީ ބަހުސެއްގައި ކުރިމަތިލާން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ޕްރެޒިޑެންޝަލް ޑިބޭޓް ކޮމިޝަން އިން ބުނެފިއެވެ.
ރިޔާސީ ބަހުސްތަކާ ބެހޭ ކޮމިޝަނުން އިންތިޒާމް ކޮށްގެން އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސްގައި ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ސީއެންއެން އިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބައިޑަން އާއި ޓްރަމްޕް އަންނަ މަހުގެ 27 ވަނަ ދުވަހު އެޓްލާންޓާގައި ވާދަކުރައްވާނެ ކަމަށެވެ.
އަދި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބަހުސަކަށް ވެސް ދެ ކެނޑިޑޭޓުން އެއްބަސްވެފައިވާ ކަމަށް އެ ދެ ކެންޑިޑޭޓުންގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ވެއެވެ.
ބައިޑަން ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު އިންތިހާބުގެ ކުރިން ދެ ފަހަރެއްގެ މަތިން ޓްރަމްޕަށް ބަހުސް ކުރުމަށް ގޮވާލައްވާފަ އެވެ. އެކަމަކު ބައިޑެންގެ ކެމްޕޭނު ޓީމުން ބަހުސް ކޮމިޝަނަށް އަންގާފައިވަނީ އެ ކޮމިޝަނުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފޯލް ބަހުސް ސިލްސިލާގައި ބައިވެރި ނުވާނެ ކަމަށެވެ.
އޭގެ ބަދަލުގައި ބައިޑަން ހުށަހެޅުއްވީ ޓްރަމްޕްގެ ގާނޫނީ މަރުހަލާތައް "ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭތީ" ޖޫން މަހު ބަހުސް ކުރުމަށާއި، އަވަސް ވޯޓިން ފެށުމުގެ ކުރިން ސެޕްޓެމްބަރު މަހު ބަހުސް ކުރުމަށެވެ. އަދި ޖުލައި މަހުގެ ފަހުކޮޅު ނައިބު ރައީސްގެ ބަހުސަކަށް ވެސް އޭނާ ވަނީ ލަފާ ދެއްވާފަ އެވެ.
ބައިޑަން ހުށަހެޅުއްވި މުއްދަތު ޓްރަމްޕް ވަރަށް އަވަހަށް ޤަބޫލުކުރައްވައި، ބަހުސްކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ދެ ބަހުސަށްވުރެ ގިނަ ބަހުސް ކުރެއްވުމަށް ލަފާ ދެއްވިއެވެ.
ބައިޑަންގެ ކެމްޕޭނު ޓީމުން ބުނަމުން ދަނީ ކޮމިޝަނުގެ ބަހުސްތަކަކީ ހަރުދަނާ ޚިޔާލުބަދަލުކުރުމަށްވުރެ ބޮޑަށް "މުނިފޫހިފިލުވުމުގެ މަންޒަރެއް" ފަދަ ބަހުސްތަކެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް އެ ޖަމާއަތުން އަމިއްލަ އުސޫލެއް ތަންފީޒު ނުކުރާ ކަމަށް އެ ޓީމުން ތުހުމަތު ކުރެ އެވެ.
މި ލިއުމާއި ގުޅޭ