Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

ކްލަބް ގްރީން ސްޓްރީޓްއިން 45,000 ރުފިޔާގެ ޖޫރިމަނާއެއް 30 ދުވަސް ތެރޭ ދައްކަން ހުކުމް ކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ކްލަބް ގްރީންސްޓްރީޓް ކޮށްފައިވާ ޖޫރިމަނާއަށްވާ 45,000ރ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލްކޯތުން ހުކުމްކޮށްފިއެވެ.

ކްލަބް ގްރީންސްޓްރީޓުން ގެނައި ބިދޭސީ ކުޅުންތެރިންގެ ވިސާގެ މުއްދަތު ހަމަވެގެންދިޔައިރުވެސް އެކްލަބުން ވިސާ އައުނުކޮށްފައިވާތީއާއި އެކުޅުންތެރިން އަނބުރާ ފޮނުވާލާފައިނުވާތީ އިމިގްރޭޝަނުން އެކްލަބް ޖޫރިމަނާކުރީ 45,000ރ އިންނެވެ. ނަމަވެސް ގްރީންސްޓްރީތް ކްލަބުން އެޖޫރިމަނާ ދައްކާފައިނުވާތީ އިމިގްރޭޝަނުން އެކްލަބާއި ދެކޮޅަށް ސިވިލްކޯޓުގައި ދަޢުވާކުރީ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

ސިވިލްކޯޓަށް އިމިގްރޭޝަނުން ހުށަހެޅި ދަޢުވާއަށް ކްލަބް ގްރީންސްޓްރީޓުން ޖަވާބުދާރީވެފައިނުވާތީވެ, އިމިގްރޭޝަނުގެ އެދުމުގެ މަތީން ހުކުމްކޮށްފައިވަނީ ކްލަބް ގްރީންސްޓްރީޓުގެ ޣައިރުހާޒިރުގައެވެ.

ސިވިލްކޯޓުގެ ހުކުމުގައިވަނީ 13 މެއި 2024 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ކޮށްފައިވާ ޖޫރިމަނާއަށްވާ ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށެވެ.

މި ލިއުމާއި ގުޅޭ