Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ނުހެދި ހުރި ރަށްތަކުގެ މަސައްކަތް ފެށުމަށް މި 5 އަހަރު ތެރޭގައި ޚާއްސަ އިސްކަން ދޭނަން: މިނިސްޓަރ ފައިސަލް

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވިފައިވާ ރަށްތަކުގެ ތެރެއިން ނުހެދި, މަސައްކަތް ހުއްޓިފައިވާ ރަށްރަށުގެ މަސައްކަތް ނިންމުމަށް ކުރިޔަށް އޮތް 5 އަހަރު ޚާއްސަ އިސްކަމެއްދެއްވާނެކަމުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މަސައްކަތް ހުއްޓިފައިވާ 63 ރަށެއް ވާކަމަށާއި މީގެތެރޭގައި މީގެ 20 ނުވަތަ 15 އަހަރު ކުރިން ދޫކޮށްފައިވާ ރަށްރަށްވެސް ހިމެނޭކަމަށާއި އަމަނިކުފާނުގެ އަމާޒަކީ މިފަދަ ރަށްތަކަށް އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެ ކަންތައްތަކަށް ހައްލެއް ހޯދައިގެން, ސަރުކާރާއި އެފަރާތްތަކާ މަޝްވަރާކޮށްގެން ރަށްތައް އަލުން މާކެޓަށް ނެރުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއްކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިމަސައްކަތް ފެށިފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިސަރުކާރު ވެރިަކަމަށް އައުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިންނަށް ފުރުސަތުތައް ފަހިކުރުމަށް ގިނަމަސައްކަތްތަކެއް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ