Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

މިހާތަނަށް އާސަންދައިން 700 އަށްވުރެ ގިނަ މީހުން މެޑިކަލް ޗެކްއަޕް ހަދައިފި

މިހާތަނަށް އާސަންދައިން 700 އަށްވުރެ ގިނަ މީހުން މެޑިކަލް ޗެކްއަޕް ހަދައިފިއެވެ.

ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވިފަހުން މިހާތަނަށް 796 މީހުން އެ ހިދުމަތް ހޯދައިފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގެ ތެރެއިން އެކުލަވައިލެވި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުންނަށާއި 50 އަހަރުން މަތީގެ މީހުނަށް އާސަންދައިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އައިޖީއެމްއެޗް ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 291 މީހުން އެ ހޮސްޕިޓަލުން މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އަދި މީގެ އިތުރުން ވެއިޓިންގް ލިސްޓުގައި ތިބި މީހުންގެ އަދަދު 400 އާ ގާތްކުރެއެވެ. އެހެންކަމުން މި ފަރާތްތަކަށް އަންނަ ހަފްތާގައި މެޑިކަލް ޗެކްއަޕް ހަދަން ފެށޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ހޮސްޕިތަލުން މިހާތަނަށް 505 މީހެއްގެ މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އަދި މެޑިކަލް ޗެކްއަޕް ހެދުމަށް ވެއިޓިންގް ލިސްޓުގައި 177 މީހުން ތިބިކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ.

އާސަންދައިގެ ދަށުން ހަދާ ބޮޑީ ޗެކްއަޕް ހެދުމުން ކެންސަރު ބަލި ހުރިކަން ކުރިއާލައި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހިމެނިގެންދާނެ ކަމަށް އާސަންދައިން މައުލޫމާތު ދީފައިވެއެވެ.


މި ލިއުމާއި ގުޅޭ