Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިއެމްއެފް

ރާއްޖޭގެ އިގްތިސާދު މިއަހަރު 5.2 ޕަސެންޓު ކުރިއަރާނެ: އައިއެމްއެފް

ރާއްޖޭގެ އިގްތިސާދު މިއަހަރު 5.2 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

އައިއެމްއެފްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި މިހާރުގެ ސަރުކާރުން ސަބްސިޑީ ރިފޯމްކޮށް، ހަރަދުތައް ކުޑަ ކުރުމަށް ގެންގުޅޭ ވިސްނުން ވަރަށް ބޮޑު އިންސައްތައެއް ހިއްސާކުރާނެކަމަށެވެ.

އައިއެމްއެފްގެ ރިޕޯޓުގައި މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށާއި އޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށާއި ގުޅުންހުރި އެހެންދާއިރާތަކައް ކުރިއެރުން އަންނާނެކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން މިއަހަރު ރާއްޖޭގެ އިންފްލޭޝަން 3.8 ޕަސެންޓް އުފުލޭނެ ކަމަށާއި އަންނަ އަހަރުވެސް އިންފްލޭޝަން 3 ޕަސެންޓަށް އަރާނެކަމަށް އައިއެމްއެފް އިން ވަނީ ލަފާކޮށަފައެވެ.

ދިވެހިރާއްޖޭ އިގްތިސާދަށް ކުރިއެރުން އަންނަމުންދާކަން ބައިނަލްއަގުވާމީ އެހެން މާލީ އިދާރާތަކުންވެސް ވަނީ ލަފާކޮށްފައެވެ.

މި ލިއުމާއި ގުޅޭ