Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

''ފުލައި ޓު ޕެރިސް ވިތު އުރީދޫ'' ގެ ނަސީބުވެރިޔާ ޕެރިހަށް ފުރައިފި

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު, ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ބޭއްވި ލަކިީޑްރޯ ''ފުލައި ޓު ޕެރިސް ވިތު އުރީދޫ'' ގެ ނަސީބުވެރިޔާ އިއްޔެ ޕެރިހަށް ފުރައިފިއެވެ.
މި ލަކީޑްރޯއަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 18 އިން މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް އުރީދޫ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރި ކަސްޓަމަރުންނަށާއި އުރީދޫގެ ނެޓްވޯކާ އަލަށް ގުޅުނު ކަސްޓަމަރުންނަށް ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ.
މި ދަތުރުގައި ނަސީބުވެރި ފަރާތާއެކު އުރީދޫ ޓީމުގެ ދެ މެންބަރުން ވެސް ބައިވެރިވިއެވެ. މި ދެ ބައިވެރިންނަކީ މި ލަކީޑްރޯއާ ގުޅުވައިގެންް އުރީދޫގެ ސްޓާފުންގެ މެދުގައި ބޭއްވި މުބާރާތުން މޮޅުވި ދެ ބައިވެރިންނެވެ.
ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅުގެ ޓިކެޓުގެ އިތުރުން ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަން ލިބޭނެއެވެ. އަދި ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން ޕީއެސްޖީއާއި ލިޔޯން މެޗު ބެލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
އުރީދޫން ބުނީ ޕެރިހުގައި ޕީއެސްޖީއާ ޓޫލްސް މެޗް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ކުރިއަަށްގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެން ކަމަށެވެ.
އުރީދޫން ބުނީ ޕެރިސް ސެއިންޓް ޖާމަންއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުލަބެއް ކަމަށެވެ.
މި ލިއުމާއި ގުޅޭ