Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ސަލީމް އެމްޑީޕީއަށް: ބާރު އޮތްއިރު އަންހެނުންނަށް މަޖިލީހުގެ %33 ނުދިނުމުން އެނގެނީ އިހުލާސްތެރިކަން ނެތްކަން

ބާރުވެރިކަން އޮތްއިރު އެމްޑީޕީން އަންހެނުންނަށް ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި ހާއްސަކޮށްނުދީ މިހާރު އެވާހަކަދެއްކުމުން އެނގެނީ އެ ޕާޓީގެ އިޚުލާސްތެރިކަމެއް ތެދުވެރި ނިޔަތެއް ނެތްކަންކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ.

މިފަދައިން ސަލީމު ސުވާލުކުރައްވާފައިވަނީ ޤާނޫނުއަސާސީ އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަ ކުރުމަށް އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް އަދި ނިމެމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވާފައިވަނިކޮށެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މިއަދު ބަހުސްކުރަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެފައިވަނީ އަންހެނުންނަށް މަޖިލީހުގެ 33 އިންސައްތަ ގޮނޑި ޚާއްޞަކުރުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށާއި، އެއީ އަންހެނުން ބާރުވެރިކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަދި މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި މިންވަރެއް އަންހެނުންނަށް ޚާއްޞަކުރަންޖެހޭ ސަބަބެއްކަމަށް ނިޔާޒު ފާހަގަކުރެއްވީ ރާއްޖޭގެ ކަންކަން ނިންމުމުގައި ދިވެހި މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަމަށްވާ އަންހެނުންގެ ބައިވެރިވުމާ ހިއްސާ ކުޑަވުމުންނެވެ،

ނިޔާޒު މަޖިލީހުގައި މިއަދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ސަަލީމު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި ނިޔާޒަށް ސުއާލުތަކެއް އަމާޒުކުރެއްވިއެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވަން އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިގަތީ އެބޭފުޅުންގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމަކަަށް އައުމުންތޯ ސުއާލުކުރެއްވިއެވެ.

އިތުރަށް ސަލީމު ސުއާލުކުރެއްވީ އަންހެނުން ބާރުވެރިކުރުމަށް މިހާރު އެމްޑީޕީން ވަކާލާތުކުރާ ކަންކަން އެ ޕާޓީގެ ބާރުވެރިކަން އޮތްއިރު ތަންފީޒުނުކުރީ ކީއްވެތޯއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީން މިހާރު އެކަންކަމަށް ވަކާލާތުކުރާ ކަންކަން އެމްޑީޕީގެ ބާރުވެރިކަން އޮވެ ނުކުރުމުން، ފެނިގެންދަނީ އެ ޕާޓީގެ އިޚުލާސްތެރިކަމެއް އަދި ތެދުވެރި ނިޔަތެއް ނެތްކަމެވެ.

މި ލިއުމާއި ގުޅޭ