Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ހަ މަސްދުވަހުގެ ރިހެބިލިޓޭޝަން އަމުރެއްގެ ދަށުން އެންއާރުސީގައި 21 މީހަކަށް އަންނަނީ ފަރުވާދެމުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ހިނގަމުންދާ ސަރަަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކަށް ބޭނުންވާ ރިހެބިލިޓޭޝަން ފޯރުކޮށްދީ އަނބުރާ މުޖުތަމައަށް ނެރުމަށް ޤާއިމުކޮށްފައިވާ ނޭޝަނަލް އިންޓެގްރޭޝަން ސެންޓަރުގައި މިހާރު ފަރުވާ ފުރިހަމަކުރަމުންދާ 21 މީހުންގެ ތެރޭގައި 14 ކުޑަކުދިން ތިބިކަން ސަރުކާރުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް އިއްޔެ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ލުބުނާ ޒާހިރު ވިދާޅުވީ މިވަގުތު މޯލްޑިވްސް ރި-އިންޓެގްރޭޝަން ސެންޓަރުގައި 21 ފަރާތަކުން ފަރުވާ ފުރިހަމަކުރަމުންދާ ކަމަށެވެ.

އިތުރަށް ލުބުނާ ވިދާޅުވި ގޮތުގައި އެ މަރުކަޒުގައި ފަރުވާ ފުރިހަމަކުރަމުންދާ މީހުންގެ ތެރޭގައި 14 ކުޑަކުދިން އެބަ ތިއްބެވެ.

އެ ސެންޓަރުގައި ތިބި ފަރާތްތަކަކީ ސޫރިޔާއާއި ތުރުކީ ބޯޑަރު ސަރަހައްދުގައި ހޭލުގައި ޖެހިފައިވަނިކޮށް ސަރުކާރުން ރާއްޖެއަށް ގެނައި މީހުންނެވެ. އެއީ ޖުމްލަ 5 އާއިލާއެއްގެ މީހުންކަން މި އަހަރުގެ ޖަނަވަރީ މަހުގައި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރައްވާފައިވެއެވެ.

ރީއިންޓެގްރޭޝަން ސެންޓަރުގައި ތިބި ފަރާތްތަކަށް ފަރުވާގެ އެކި މަރުހަލާގައި މިހާރު ފަރުވާ ފޯރުކޮށްދެމުންދާކަމަށާއި، އެގޮތުން ސައިކޯސޯޝިއޯ ތެރަޕީއާއި އެޑިއުކޭޝަން ތެރަޕީ އެފަރާތްތަކަށް ފޯރުކޮށްދެމުންދާކަމަށް ލުބުނާ ވިދާޅުވިއެވެ.

އެ ސެންޓަރުގައި ތިބި ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިނުމަށް 6 މަސްދުވަހުގެ މުއްދަތުގެ ރިހިބިލިޓޭޝަން އޯޑަރެއް ކުރިިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ހޯމް ލޭންޑް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، އެ މުއްދަތު ފުރިހަމަވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އިތުރު ފަރުވާ ބޭނުންވާނަމަ ރިހިބިލިޓޭޝަން މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދޭނެކަމަށް ލުބުނާ ވިދާޅުވިއެވެ.

މި ފަރާތްތަކުގެ ރިހިބިލިޓޭޝަން ޕްރޮގުރާމު އެކުލަވައިލާފައިވަނީ އެމީހުން ރާއްޖެއަށް ގެނައުމަށްފަހު ވަކިވަކިން ހެދި އެސެސްމެންޓުތަކުގެ މައްޗަށް ބިނާކޮށް ރިހެބިލިޓޭޝަން އެންޑް ރިއިންޓްގެރޭޝަން ކޮމިޓީއަކުންނެވެ.

މިނިސްޓަރު އިހުސާނު ކުރިން ވިދާޅުވި ގޮތުގައި ރިއިންޓިގްރޭޝަން ސެންޓަރުގައި ފަރުވާދެމުންދާ އާއިލާތައް އަނބުރާ މުޖުތަމައަށް ނެރޭނީ، މުޖުތަމައުގައި އުޅެވޭ މިންވަރަށް އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށްފަހު، އެމީހުންގެ ފަރާތުން މުޖުތަމައަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުވުމުންނެވެ.

މި ލިއުމާއި ގުޅޭ