Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހިމް 76 އަހަރުގެ ޖަލުހުކުމުން މިނިވަންކުރި މީހަކު އަނެއްކާވެސް ހައްޔަރަށް

ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު, 76 އަހަރުގެ ޖަލުހުކުމެއް 1 ދުވަހަށް ކުރުކޮށް މިނިވަންކުރި މީހަކު އަނެއްކާވެސް މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް އެންމެ 12 ދުވަހަށް ވެފައި ވަނިކޮށް އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިނިވަންކޮށްދިން ކުށްވެރިއަކީ ތަފާތު 4 މައްސަލައެއްގައި އިއްވާފައި އޮތް ޖުމްލަ 76 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ފަރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަރެކްޝަނަލް ސާވިސް އަށް ރައީސް ސޯލިހް އަންގަވައި ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި އޮތީ ކުށްވެރިޔާ ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމުގެ މުއްދަތަކީ 1 ދުވަސް ކަމުގައި ކަނޑައަޅުއްވައި އެ 1 ދުވަސް ތެރޭގައި ޖިނާއީ ކުށެއް ނުކޮށްފިނަމަ އޭނާ މިނިވަން ކުރަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މިމީހާ އަދިވެސް ހުރީ ތަހުޤީޤަށް ބަންދުކޮށްފައެވެ.

ރައީސް އިބްރާހިމް ވަނީ ވެރިކަން ނިމުމުގެ ކުރިން ގިނަ އަދަދެއްގެ ކުށްވެރިންތަކެއްގެ ހުކުމް 1 ދުވަސްފަދަ ކުރު މުއްދަތުތަކަށް ކުރުކޮށް މިނިވަންކޮށްދީފައެވެ.

މި ލިއުމާއި ގުޅޭ