Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން

މުދާ ނެގުމަށްފަހު އާރްޑީސީން ނުދައްކާ އޮތް 1.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އާރްޑީސީ) އަމިއްލަ ކުންފުންޏެއްގެ ހާޑްވެއާ ފިހާރައަކުން ކްރެޑިޓަށް ނަގާފައިވާ ތަކެއްޗަށް 1.3 މިލިއަންނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އަމިއްލަ ކުންފުންޏެއްގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައިވަނީ އެ ކުންފުނީގެ ފިހާރައިން އާރްޑީސީއިން ކްރެޑިޓަށް ނަގާފައިވާ މުދަލަށް ދައްކަންޖެހި ނުދައްކައިވާ 1،533،588.85 ރުފިޔާ އާރްޑީސީގެ ކިބައިން އެކީ އެއްފަހަރާ ނަގައިދިނުމަށެވެ.

މި ދައުވާއާ ގުޅިގެން އާރްޑީސީގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 200،557.79 ރުފިޔާ 29 މެއި 2023 ގައި އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.

އަދި އާރްޑީސީން ބުނެފައިވަނީ އެ ފައިސާ އުނިކުރުމަށް ފަހު ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ދެފަރާތުގެ ދެމުދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިން ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް ދައްކަމުންގޮސް އެ ފައިސާ ދެއްކުމަށް އެއްބަސްވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރި ފަރާތުން އެދުނީ އެ ފައިސާ ދައްކަން އާރްޑީސީއަށް ހަ މަހުގެ މުއްދަތެއް ދިނުމަށެވެ. އެހެންނަމަވެސް، އާރްޑީސީއިން ވަނީ އެ ފައިސާ ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށް އެދިފައެވެ.

ސިވިލް ކޯޓުގެ ގާޒީ ޒުލައިޙާ ޝީޒާ ކުރެއްވި ހުކުމްގައި އަންގާފައިވަނީ އާރްޑީސީގެ ފަރާތުން ދައްކަން ޖެހޭ 1،333،031.06 ރުފިޔާ ދައުވާކުރި ފަރާތަށް އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމުގެ ގޮތުން 9 މެއި 2024 އިން ފެށިގެން 9 މެއި 2025 ގެ ނިޔަލަށް ކޮންމެ މަހަކު އެމަހަކަށް ދައްކަންޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދެއްކުމަށެވެ.

މި ލިއުމާއި ގުޅޭ