Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އީޔޫއަކީ ރާއްޖޭގެ ތަރައްގީއާއި ޑިމޮކްރެޓިކް ދަތުރުގައި ސާބިތު ބައިވެރިއެއް: ޒަމީރު

އީޔޫއަކީ ރާއްޖޭގެ ތަރައްގީއާއި ޑިމޮކްރެޓިކް ދަތުރުގައި ސާބިތު ބައިވެރިއެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ޔޫރަޕް ދުވަހުގެ މުނާސަބަތުގައި ޔޫރަޕިއަން ޔޫނިއަން ފޮރ ފޮރިން އެފެއާޒްގެ ހައި ރެޕްރެޒެންޓޭޓިވް ޖޯސެފް ބޮރެލް ފޮންޓެލްސްއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރުގެ މެސެޖުގައި ވަނީ ޔޫރަޕް ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޔޫރަޕިއަން ޔޫނިއަންގެ ލީޑަރޝިޕާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިނިސްޓަރުގެ މެސެޖުގައި ވަނީ އީޔޫއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި ސާބިތު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ޔޫނިއަންއެއް ކަމަށް ސިފަކުރައްވައިފައެވެ. އަދި އެއީ ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޔޫނިއަންއެއް ކަމަށާއި ޚާއްސަކޮށް ހެޔޮވެރިކަމާއި ގްރީން ރިކަވަރީއަށް އީޔޫއިން އިސްނަގައިގެން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކުގެ ފައިދާ ރާއްޖެއަށް ލިބެމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި އީޔޫއާއެކު ގޮތް ގުޅުން ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިނިސްޓަރުގެ މެސެޖުގައި ވަނީ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމަށް މިއަހަރު 41 އަހަރު ފުރޭނެކަން ފާހަގަކުރައްވައިފައެވެ.

މި ލިއުމާއި ގުޅޭ