Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

އީޔޫ ސޯންގް ކޮންޓެސްޓްގައި އިޒްރޭލު ބައިވެރި ކުރުމާ ދެކޮޅަށް ޔޫރަޕްގައި މުޒާހަރާކުރަނީ

ޔޫރަޕްގައި ކޮންމެއަހަރަކުވެސް ބާއްވަމުން އަންނަ "އީޔޫ ވިޝަން ސޯންގް ކޮންޓެސްޓް"ގައި އިޒްރޭލްގެ ފަންނާނުން ބައިވެރި ކުރުމާދެކޮޅަށް ޔޫރަޕްގައި މުޒާހަރާކުރަން ފަށައިފިއެވެ.
ސްވިޑެންގެ މަލްމޯ ސިޓީގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ބުރާސްފަތި ދުވަހު ބޭއްވި މުޒާހަރާގައި ގިނަޢަދަދެއްގެ ރައްޔިތުން މަގުތަކަކަށް ނިކުމެ އަޑުއުފުލާފައިވާއިރު އެމީހުން ގޮވާލުމުންދިޔައީ ޔޫރޯވިޝަން ލަވަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އިސްރާއީލަށް ދިނުމަކީ ޔޫރޯވިޝަނުން ނިންމި ސިޔާސީ ނިންމުމެއް ކަމަށެވެ.
ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 34،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުވެ، އެތައް ހާސް ބަޔަކު ގެއްލި، އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ދަނޑިވަޅެއްގައި، ލަވަ މުބާރާތުގައި އިސްރާއީލުން ބައިވެރިވުމާ ގުޅިގެން އެގައުމުގައި ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.
ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހިމެނޭ އެކްޓިވިސްޓް ސޫޒަން ޒެކިރޯސް އަނާޑޯލޫއަށް ވިދާޅުވީ އިޒްރޭލު "ހުރިހާ ތަނެއްގައި ވެސް، ހާއްސަކޮށް ސަގާފީ ހަރަކާތްތަކުން މުޅިން އެކަހެރިކުރަން ޖެހޭ" ކަމަށެވެ.
މުޒާހަރާގައި ބައިވެރިވި އެހެން ބައިވެރިއެއް ކަމަށްވާ ކްލައުޑިއާ ރޯމަން ބުނީ އިޒްރޭލު ބައިވެރި ކުރަން ނިންމީ ތަފާތުކުރުންތަކާއި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މައްޗަށް ކަމަށެވެ.
އެހެންވީމާ، އަޅުގަނޑު މިތަނަށް އިހުތިޖާޖު ކުރާން ނިކުތީ، އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުމެން މިކަން ހަނދާން ނައްތާލާކަށް، ރައްޔިތުންނަށް ވީގޮތް ހަނދާން ނައްތާލައިގެން އަޅުގަނޑުމެން ނުވާނެ" އަނަޑޯލުއަށް ދިން އިންޓަވިއުއްގައި އޭނާ ބުނެފައިވެއެވެ.
އެކްޓިވިސްޓެއް ކަމަށްވާ އިވޮން މޯރާ ބުނީ ޔޫރޯވިޝަންގެ ނިންމުމަކީ ސިޔާސީ އިޚްތިޔާރެއް ކަމަށާއި ހާއްސަކޮށް ފަލަސްތީނާ ދެކޮޅަށް އެމީހުން ޖަރީމާތައް ހިންގަމުންދާ ދަނޑިވަޅެއްގައި މިކަން މިގޮތަށް ނިންމުމުން ބަލައިނުގަނެވޭނޭ މކަމަށެވެ.
އެކްޓިވިސްޓުން ބުނީ މި މަހުގެ 11 ވަނަ ދުވަހު ވެސް ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށެވެ.
ޔޫރޯވިޝަން އިންތިޒާމުކުރާ ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ) އިން މިދިޔަ މެއި މަހުގެ 2 ވަނަ ދުވަހު ވަނީ ފަލަސްތީނުގެ ދިދައެއް ނުވަތަ ސިޔާސީ މެސެޖްތައް ހިމެނޭ ބެނާއެއް ހިފައިގެން މަލްމޯ އެރީނާއަށް ވަންނަން އުޅުނު މީހުން ހުއްޓުވައި ދިދަ ނުވަތަ ބެނާތައް އަތުލާނެ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެން ގޯލާން މި މަހުގެ 11 ވަނަ ދުވަހު އެ މުބާރާތުގައި ހުށަހަޅާ ލަވަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫރޯވިޝަން ލަވަ މުބާރާތަކީ ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ) އިން ކޮންމެ އަހަރަކު ވެސް ބާއްވާ ބައިނަލްއަގުވާމީ މިއުޒިކް މުބާރާތެކެވެ. މިއީ 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޕްރޮގްރާމެއް ކަމުން މިއީ ދުނިޔޭގައި މެދުނުކެނޑި ބާއްވާ މިބާވަތުގެ އެންމެ ގިނަ ދުވަސްވީ ޓީވީ މުބާރާތް ނުވަތަ ޝޯވ ކަމަށްވަނީ ރެކޯޑް ކުރެވިފައެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ގައުމަކުން ވެސް ޔޫރޯވިޝަން ސްޓޭޖުގައި ލައިވް ކުރަން އޮރިޖިނަލް ލަވައެއް ހުށަހަޅައެވެ. ހުރިހާ ގައުމަކުން ވެސް ޕާފޯމް ކުރުމަށް ފަހު، ޔޫރަޕްގެ އެކި ކަންކޮޅުތަކުން (އަދި ޔޫރަޕް ނޫން ބައެއް ގައުމުތަކުން) ބެލުންތެރިން އެ މީހުންގެ ފޭވަރިޓް ލަވަތަކަށް ވޯޓު ދެއެވެ.
އެއް އަހަރު ކާމިޔާބުކުރާ ގައުމަކަށް ޖެހިގެން އަންނަ އަހަރު މުބާރާތް ބާއްވަން ލިބޭއިރު، މިއީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 200 މިލިއަން ބެލުންތެރިން ބަލާ ބޮޑު ޕްރޮޑަކްޝަނެކެވެ.
މި ލިއުމާއި ގުޅޭ