Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖޭން ފައިބައިފި

އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު މެޗު މިހާރު އަނބުރާ އެ ގައުމަށް ގޮސްފައިވާ ކަމަށާއި އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ އައިސްފައިވާކަމަށެވެ.

ރާއްޖޭގައި ގާއިމުވެގެން ތިބި ހުރިހާ ސިފައިން އަނބުރާަ ފޮނުވައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަޝްވަރާތައް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ރައީސް ފެއްޓެވިއެވެ.

އެ މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބޭލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތާރީޚުތަކާ އެއްގޮތަށް އިންޑިއާއިން މިވަނީ އެ ޤައުމުގެ ހުރިހާ ސިފައިން ގެންގޮސްފައެވެ.

ފާއިތުވި މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި އިންޑިއާ ސިފައިންގެ މީހަކު ނުހުންނާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ދެ ޤައުމުން އެއްބަސްވެފައިވަނީ ސިފައިންގެ ބަދަލުގައި މަދަނީން ރާއްޖެއަށް ގެނައުމަށެވެ.
މި ލިއުމާއި ގުޅޭ