Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުމަތީގައި ގަވައިދާ ހިލާފަށް އަމަލު ކުރަމުންދިޔަ 190އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުމަތީގައި ގަވާއިދާ ޚިލާފު އަމަލުތައް ކުރަމުންދާ 190އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ދަނީ މާލޭ މަގުމައްޗަށް ކުނި އަޅާ މީހުންނާއި ޕޭވްމަންޓް މަތީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރުން ފަދަ ކަންކަން ކުރަމުންދާ މީހުންނަށް ފިޔަވަޅު އަޅާ ޖޫރިމަނާ ކުރަމުންނެވެ.

އެ ކައުންސިލުން ބުނީ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް އެފަދަ ކަންކަން ކުރި 190 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ހާމަކުރިގޮތުގައި އެފަދައިންޖޫރިމަނާ ކުރި މީހުންގެ 80 ޕަސެންޓަކީ ބިދޭސީންނެވެ.
މީގެއިތުރުން އާންމުންނަށް އުނދަގޫވާނެހެން މަގު މައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަނަށް އެކަން ރަގަޅު ކުރަން އަންގަމުންދާކަން ފާހަގަކޮށް މާލޭ ސިޓީ ކައުންސިލުން ބުނީ މިހާތަނަށް 30 މީހަކަށް އެ މައްސަލަ ރަނގަޅުކުރުމަށް އަންގާފައިވާނެކަމަށެވެ.
މި ލިއުމާއި ގުޅޭ