Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ޑެންގޫއާއި ޗިކުންގުންޏާ ކޭސްތަކުގެ އަދަދު 900 އަށް!

މިދުވަސްވަރު ފެތުރެމުންދާ ޑެންގޫއާއި ޗިކަންގުންޏާގެ ކޭސްތަކުގެ އަދަދު 900އަށް އަރައިފިއެވެ.

މިކަމާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ހެލްތު ޕްރޮތެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރާއްޖެއިން މިއަހަރުގެ މިހާތަނަށް ޑެންގޫއާއި ޗިކުންގުންޏާގެ 900 ކޭސް ފެނިފައިވާއިރު އޭގެތެރެއިން ގިނަ މީހުން އެ ބަލިތަކަށް ޕޮޒިޓިވް ވަނީ މާލެ ސަރަހައްދުންކަމަށެވެ.

ފާއިތުވި ދުވަސްތަކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެ މޫސުން ބެދޭއިރު ކުރި ވިއްސާރާގައި އެތައް ސަރަހައްދެއްް ފެން ބޮޑުވެފައިވެއެވެ. އަދި މަދިރިއަކީ ފެން ހިފެހެއްޓިފައި ހުންނަ ތަންތަނުގައި އާލާވާ އެއްޗަކަށް ވުމުން މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަދިރި އާލާވާ މިންވަރު ވަނީ އިތުރުވެފައެވެ.

ޑެންގީއާއި ޗިކުންގުންޏާ ފަތުރާ މަދިރިއަކީ އީޑީސް މަދިރިއެވެ. އަދި، މި ބަލިތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދަނީ ޑެންގޫއެވެ. އެގޮތުން އެޗްޕީއޭއިން މައުލޫމާތުދީފައިވާގޮތުން، މިއަހަރު ފެށުނީއްސުރެއް މެއި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ޑެންގޫގެ 600 ކޭސް ފެނިފައިވެއެވެ. އަދި މީގެތެރެއިން އެންމެ ގިނަ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ މިއަހަރުގެ 17 ވަނަ ހަފްތާގައިކަމަށް ވާއިރު, އެ ހަފްތާގައި ޖުމްލަ 83 ޑެންގޫ ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ.

އަދި މީގެ އިތުރުން، ޗިކުންގުންޏާ ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ޗިކުންގުންޏާ ފެތުރޭ މިންވަރުވެސް އެހާމެ ހަލުވިވެފައިވާ މަންޒަރު ފެނެއެވެ. އެގޮތުން، އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 4ގެ ނިޔަލަށް ޗިކަންގުންޏާގެ 240 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ